ނ.އަތޮޅު ކައުންސިލުން ދެމުން އައި ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާރޑް ހެދުމުގެ މަސައްކަތް ދުވަސްތަކަކަށް މެދުކެނޑުމަށްފަހު އަނެއްކާވެސް އެޚިދުމަތް ދޭން ފަށައިފިއެވެ. ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާރޑް ހެދުމުގެ މަސައްކަތް މެދުކެނޑުނީ ހިދުމަތް ދެމުންއައި ސިސްޓަމަށް ދިމާވި މައްސަލައަކާއި ގުޅިގެންނެވެ.
ނަމަވެސް މިހާރު މުޅިންއާ ސިސްޓަމެއް ބެހެއްޓި ކުރިޔަށްވުރެ ހަލުވިކަމާއެކު ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާރޑް ހެދުމުގެ މަސައްކަތް ނ.އަތޮޅު ކައުންސިލުން ފޯރުކޮށްދެމުންދެއެވެ.
No comment