ޒިންމާދާރު ރައްޔިތުން ބިނާކުރުމުގެ ވޯކްޝޮޕް ނިންމާލައިފި


ނ.އަތޮޅު ކައުންސިލާއި، މިނިސްޓްރީއޮފް ހޯމްއެފެއާޒްއާއި ގުޅިގެން ދެދުވަހުގެ މުއްދަތަށް ނ.އަތޮޅުގައި ހިންގުނު ޒިންމާދާރު ރައްޔިތުން ބިނާކުރުމުގެ ވޯކްޝޮޕް ވަރަށް ކާމިޔާބުކަމާއެކު ނިންމާލައިފިއެވެ.

މިވޯކްޝޮޕަކީ އަތޮޅުގެ ހުރިހާ ރަށަކަށް ފުރުސަތު ހުޅުވާލެވިގެން ކުރިއަށް ގެންދެވުނު ވޯކްޝޮޕެކެވެ. ވޯކްޝޮޕްގައި އިސްލާމިކް މިނިސްޓްރީއާއި، އެޑިއުކޭޝަން މިނިސްޓްރީއާއި، ނޭޝަނަލް ޑްރަގް އެޖެންސީއާއި، ހޯމް މިނިސްޓްރީއާއި، ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) އާއި،މިނިސްޓްރީ އޮފް ޖެންޑާރ އެންޑް ފެމިލީ އާއި، މޯލްޑިވްސް ޕޮލިސް ސާވިސްއާއި، ޖުވެނައިލް ޖަސްޓިސް (ޖޭޖޭ) އިން ބައިވެރިވެލެއްވިއެވެ.

މިވޯކްޝޮޕްގައި އަތޮޅުގެ ރަށްރަށުގެ ކައުންސިލަރުންނާއި، އަންހެނުން ކޮމެޓީތަކުގެ މެމްބަރުންނާއި، ކުލަބު ޖަމްޢިއްޔާތަކުން ޖުމްލަ 44 މީހުން ބައިވެރިވެފައިވެއެވެ. ބައްދަލްވުން ބާއްވާފައިވަނީ 06 އެޕްރީލް 2018 އަދި 07 އެޕްރީލް 2018 މިދެދުވަހު މަނަދޫގައެވެ.

No comment

Leave a Reply

Your email address will not be published. Required fields are marked *