މިއިދާރާއިން ދެމުންގެންދާ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ޚިދުމަތް ދިނުން ހުއްޓާލުން


     ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ޚިދުމަތްދޭ މައި އިދާރާއިން، ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު ހަދައިދިނުމުގެ ޚިދުމަތް ފުޅާކޮށް އަވަސްކަމާއެކު ރައްޔިތުންނާއި ވީހާގާތުން ފޯރުކޮށްދިނުމަށްޓަކައި ވަނީ އައު އޮންލައިން ޕޯރޓަލްއެއް ޤާއިމްކޮށްފައެވެ.

     ކާޑު ހައްދަން ހުށަހެޅުއްވުމަށް dnr.gov.mv އަށް ލޯގިންވުމަށްފަހު، އެޕްލިކޭޝަން ހުށަހެޅުއްވުމަށް އޭގައިވާ (އޮންލައިން ޕޯޓަލްއަށް ޒިޔާރަތް ކުރެއްވުމަށް ފިއްތާލައްވާ) ބަޓަންއަށް ފިއްތާލެއްވުމުން ޕޯޓަލްއަށް ވަދެވޭނެއެވެ.

މި ގެނެވުނު ބަދަލާއި ގުޅިގެން، މި އިދާރާއިން ދެމުންގެންދިޔަ ކާޑު ހަދައިދިނުމުގެ ޚިދުމަތްވަނީ ހުއްޓާލެވިފައެވެ. މީގެފަހުން މިއިދާރާއިން ފޯރުކޮށްދޭނެ ޚިދުމަތަކީ، ފިންގަރޕްރިންޓާއި ސޮއި ނަގަންޖެހޭ ހާލަތްތަކުގައި އެފަރާތެއްގެ ސޮޔާއި ފިންގަރޕްރިންޓް ނެގުމަށްފަހު ޑިޕާރޓްމަންޓް އޮފް ނޭޝަނަލް ރަޖިސްޓްރޭޝަންއަށް ފޮނުވުމެވެ. މީގެ އިތުރުން، އޮންލައިން ޕޯޓަލް މެދުވެރިކޮށް ކާޑު ހެއްދުމުގައި އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް މި އިދާރާއިން އެހީތެރިކަން ފޯރުކޮށްދެވޭނެ ވާހަކަ ދަންނަވަމެވެ.

     ކާޑު ހަދައިދިނުމުގެ އުޞޫލަށް މިއައި ބަދަލާއިއެކު ކާޑު ޙަވާލުކުރެވޭނީ، ބަނޑޭރި ޕޯޓަލްއިން ފައިސާ ދެއްކި ސްލިޕް ދެއްކުމުން ކާޑުގެ ވެރިފަރާތަށެވެ. ކާޑުގެ ވެރިފަރާތުން ކާޑު ނެގުމަށް މިއިދާރާ ކަނޑައަޅާފައިވާނަމަ، މިއިދާރާއަށް ކާޑު ލިބުމުން ކާޑުގެ ވެރިފަރާތަށް ކާޑު ނެގޭނެއެވެ.

12 މާރިޗު 2023

No comment

Leave a Reply

Your email address will not be published. Required fields are marked *