މިސްކިތްތަކުގައި ޕްލާސްޓިކް ފުޅި ބޭނުންކުރުން ހުއްޓާލުން.
އިސްރާފު މަދުކޮށް، އެއްފަހަރު ބޭނުންކޮށް އުކާލެވޭ ޕްލާސްޓިކް މަދުކުރުމަށްޓަކައި 1444 ވަނަ އަހަރުގެ ރަމަޟާން މަހުގެ 1 ވަނަ ދުވަހުން ފެށިގެން މިރަށުގެ މިސްކިތްތަކަށް ޕްލާސްޓިކް ފުޅި ވެއްދުމަކީ މަނާކަމެކެވެ. މިގޮތުން މިރަށުގެ ހުރިހާ މިސްކިތެއްގައިވެސް މިނެރަލް ފެން ލިބޭނެ އިންތިޒާމް ހަމަޖައްސާ ފެން ކޫލަރު ބެހެއްޓިފައިވާތީ މިސްކިތުގައި ހޭދަކުރައްވާ ވަގުތުތަކުގައި ފެން ބޭނުންކުރުމަށް ބޭނުންވެލަށްވާނަމަ ފެން ރިފިލްކޮށްގެން ބޭނުންކުރެއްވުމަށްޓަކައި ބިއްލޫރި ނުވަތަ އެލްމިނިއަމް ފުޅިއެއް ގެންދެވުން އެދެމެެވެ. އަދި މިސްކިތްތަކަށް ފެން ހަދިޔާ ކުރައްވަން ބޭނުންވެލައްވާ ފަރާތްތަކުން 5 ލީޓަރުގެ ފެންފުޅި ހަދިޔާކުރެއްވުން އެދެމެވެ.
އެއްފަހަރު ބޭނުންކޮށް އެއްލާލެވޭ ޕްލާސްޓިކް މަދުކުރުމަށްޓަކައި އާންމު ދިރިއުޅުމުގައި އުޅުއްވާއިރުވެސް ބިއްލޫރި ނުވަތަ އެލްމިނިއަމް ފުޅި ރިފިލް ކޮށްގެން ފެންބުޔުމަށް ބޭނުންކުރުމުގެ އާދަ ގެންގުޅުއްވުމަށް އިލްތިމާސް ކުރަމެވެ.
No comment