ނ. ވެލިދޫ ޤުރުއާން ކިޔެވުމުގެ މުބާރާތް އަންނަ ޖޫން މަހު ބާއްވަނީ


ނ. ވެލިދޫ ޤުރުއާން ކިޔެވުމުގެ މުބާރާތް އަންނަ ޖޫން މަހު ބާއްވަން ވެލިދޫ ކައުންސިލް އިން ނިންމައިފިއެވެ. މިމުބާރާތަކީ ހުރިހާ އުމުރުފުރާތަކަކަށް ހުޅުވާލެވިގެން ވެލިދޫގައި ބޭއްވޭ މިފަދަ ފުރަތަމަ މުބާރާތެވެ.

މި މުބާރާތް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ 2 ގޮތްޕަކަށް ބަހާލައިގެންނެވެ. އެއީ ބަލައިގެން ކިޔުމުގެ ގޮތްޕާއި ނުބަލާ ކިޔުމުގެ ގޮތްޕެވެ. ހުރިހާ އުމުރުފުރާއެއްގެ ފަރާތްތަކަށްވެސް ބަލައިގެން ކިޔުމާއި ނުބަލާ ކިޔުމުގެ ގޮފީގައި ބައިވެރިވުމުގެ ފުރުސަތު ވަނީ ހުޅުވާލެވިފައެވެ. ބައިވެރިވުމަށް ހުޅުވާލެވިފައިވާ އުމުރުފުރާތައް؛

  • 4 އަހަރުން ދަށުގެ ބައި (4 އަހަރު ނުފުރޭ)
  • 4 އަހަރާއި 6 އަހަރާއި ދެމެދުގެ ބައި (4 އަހަރު ފުރި 7 އަހަރު ނުފުރޭ)
  • 7 އަހަރާއި 9 އަހަރާއި ދެމެދު ބައި (7 އަހަރު ފުރި 10 އަހަރު ނުފުރޭ)
  • 10 އަހަރާއި 12 އަހަރާއި ދެމެދުގެ ބައި (10 އަހަރު ފުރި 13 އަހަރު ނުފުރޭ)
  • 13 އަހަރާއި 14 އަހަރާއި ދެމެދުގެ ބައި (13 އަހަރު ފުރި 15 އަހަރު ނުފުރޭ)
  • 15 އަހަރާއި 17 އަހަރާއި ދެމެދުގެ ބައި (15 އަހަރު ފުރި 18 އަހަރު ނުފުރޭ)
  • 18 އަހަރުނއ މަތީގެ ބައި (18 އަހަރު ފުރިފައި)

މި މުބާރާތުގައި ކޮންމެ ބަޔަކުން 1 ވަނަ ،2 ވަނަ އަދި 3 ވަނަ ހޮވުމަށް ހަމަޖެހިފައިވެއެވެ. އަދި މުޅި މުބާރާތުންވެސް މި ވަނަތައް ހޮވާނެއެވެ. މީގެ އިތުރުން މުޅި މުބާރާތުން ވަނަތަކަށް ދާފަރާތްތަކަށް ޙާއްސަ އިނާމުތަކެއް ދިނުމަށް ވަނީ ހަމަޖެހިފައެވެ. މިގޮތުން މުޅި މުބާރާތުން 1 ވަނަ އަށް ދާފަރާތަކަށް އުމްރާ ދަތުރެއް  ، 2 ވަނަ އަށް 10،000 ރުފިޔާގެ ފައިސާގެ އިނާމެއް އަދި 3 ވަނަ އަށްދާ ފަރާތަކަށް 7،500 ރުފިޔާގެ ފައިސާގެ އިނާމެއް ދިނުމަށް ވަނީ ހަމަޖެހިފައެވެ.

މި މުބާރާތުގައި ބައިވެރިވާން އެދޭ ފަރާތްތަކުން އެޕްލިކޭޝަން ހުށަހެޅުމުގެ ސުންގަޑި އަކީ 31 މެއި 2023 ވާ ބުދަ ދުވަހުގެ 14:00 ގެ ނިޔަލަށެވެ.

 

 

 

No comment

Leave a Reply

Your email address will not be published. Required fields are marked *