މިއަހަރުގެ އަޟްހާޢީދު ފާހަގަކުރުމުގެ ގޮތުން ރޭވިފައިވާ ޕްރޮގްރާމްތަކުގެ ތެރޭގައި ހިމެނޭ މިދަންނަވާ ކުޅިވަރުތަކުގައި ބައިވެރިވުމަށް ބޭނުންވާ ފަރާތްތަކުން 20 ޖޫން 2023 ވާ އަންގާރަ ދުވަހުގެ 14:00 ގެ ކުރިން މުބާރާތްތަކުގައި ބައިވެރިވުމަށް އެދޭ ފޯމް ހުށަހެޅުން އެދެމެވެ.
- ފައިގަތަޅާ (އަންހެން ފިރިހެން ވަކިން )
- ވާދެމުން (އަންހެން ފިރިހެން ވަކިން )
- ފަނުން ތަކެތި ވިޔުން (3 މީހުންގެ ޓީމް)
- ބައިސްކަލް ސައިކަލް ރޭސް (އަންހެން، ފިރިހެން ވަކިން )
މުބާރާތްތަކުގައި ބައިވެރިވުމަށް އެދޭ ފޯމާއި، ކުޅިވަރުތަކުގެ ޤަވާޢިދުތައް މިކައުންސިލުގެ ވެބްސައިޓު www.velidhoo.gov.mv އިން ޑައުންލޯޑު ކުރެވޭނެއެވެ. އަދި މިކައުންސިލުގެ ރިސެޕްޝަނުންވެސް ލިބެން ހުންނާނެއެވެ. އެޕްލިކޭޝަންތައް ބަލައިގަތުމަށް ހަމަޖެހިފައިވަނީ، މިކައުންސިލުގެ އީމެއިލް info@velidhoo.gov.mv އިންނާއި، ރަސްމީ ބަންދު ދުވަސްތައް ފިޔަވައި، އެހެން ދުވަސްދުވަހުގެ ހެނދުނު 8:00އިން މެންދުރުފަހު 2:00އަށް، މިކައުންސިލުގެ ރިސެޕްޝަނުންނެވެ. ކުޅިވަރުތަކާއިގުޅޭގޮތުން އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ކައުންސިލް މެމްބަރު (ޢީދުކޮމެޓީގެ މުޤައްރިރު) މުޙައްމަދު ޢަލީ (7788541) އަށް ގުޅުއްވުން އެދެމެވެ.
08 ޖޫން 2023
No comment