ނ.ވެލިދޫ ވޭސްޓް އެންޑް ރިސޯސް މެނޭޖްމަންޓް ސެންޓަރު ގައި އަލިފާން ރޯވުމާއި ގުޅޭ


2022 ވަނަ އަހަރު ވެލިދޫގައި ބިނާކުރެވިފައިވާ 13،000 އަކަފޫޓުގެ ވޭސްޓް އެންޑް ރިސޯސް މެނޭޖްމަންޓް ސެންޓަރުގައި މިއަދު 12:00 ހާއިރު ވަނީ ރޯވެފައެވެ. ރޯވި އަލިފާން ކޮންޓްރޯލް ކުރެވިފައިވަނީ މެންދުރު 14:30 ހާއިރުއެވެ. މިހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައެއް ނުވެއެވެ. ހާދިސާ ހިނގުމަށް މެދުވެރިވެފައިވަނީ އިމާރާތުގެ ކުނި ބަހައްޓާ ސަރަހައްދުގައި ކަރަންޓު ޝޯޓެއް ވެގެންކަމަށް ލަފާކުރެވެއެވެ. އަދި އަލިފާން ރޯވުމަށް މެދުވެރިވި ސަބަބު ކަށަވަރު ކުރުމަށް ކައުންސިލް އިދާރާއިން ދަނީ މަސައްކަތް ކުރަމުންނެވެ. މިހާދިސާގައި ސެންޓަރުގެ ބޮޑުބަޔަކާއި އެކު އެތަނުގައި ބޭނުންކުރުމަށް ބެހެއްޓިފައިހުރި މެޝިނަރީތައް އަދި ފުޓުބޯޅަ ދަނޑުގައި ބޭނުންކުރަމުންދާ ޑްރެގް ބްރަޝް މެޝިން ބޭނުންނުކުރެވޭ ވަރަށް ހަލާކުވެފައިވާއިރު، ލިބުނު ގެއްލުމުގެ އަދަދު 3 މިލިއަން ރުފިޔާ އަށް އަރާނެކަމަށް ލަފާކުރެވެއެވެ. އަލިފާން ކޮންޓްރޯލް ކުރުމުގައި ވެލިދޫގެ ރައްޔިތުންނާއި، ވެލިދޫ ޕޮލިސް ސްޓޭޝަންއާއި، ކައިރިގައިވާ ރިސޯޓްތައްކަމަށްވާ ޝެވަލް ބްލޮންކް ރަންދެލި، ސިޔާމް ވާރލްޑް އަދި ވެލާ ޕްރައިވެޓް އައިލެންޑް އަދި މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސްގެ އެހީތެރިކަންވަނީ ލިބިފައެވެ.

 

03 ޛުލްޤަޢިދާ 1445  ހ.

11   މެއި   2024  މ.

No comment

Leave a Reply

Your email address will not be published. Required fields are marked *