ކީރިތި ޤުރުއާން ކިޔެވުމުގެ 36 ވަނަ ޤައުމީ މުބާރާތް (މާލޭގައި) 29 ޖޫން 2024 ގައި ފެށިގެން ކުރިއަށްދާއިރު، މި މުބާރާތުގައި ރާއްޖޭގެ އެކި ކަންކޮޅުތަކުން 128 މުއައްސަސާއަކުން 1000އަށްވުރެ ގިނަ ބައިވެރިން ވަނީ ބައިވެރިވެފައެވެ. މި މުބާރާތުގައި ވާދަކުރުމަށް ނ. އަތޮޅުން 22 ދަރިވަރެއް ހޮވިފައިވާއިރު މީގެތެރެއިން 3 ދަރިވަރުންނަކީ ވެލިދޫގެ ދަރިވަރުންކަން ފާހަގަކުރަމެވެ. މި މުބާރާތުގައި ވެލިދޫ ތަމްސީލުކުރުމަށް ވެލިދޫއިން ހޮވިފައިވަނީ:
- މުޙައްމަދު އަމާނުﷲ އަބްދުﷲ، ލައިލަކްހައުސް / ނ.ވެލިދޫ
- އިބްރާހިމް ޝައުން، އުތުރުގެ / ނ.ވެލިދޫ
- ޢަލީ މާޒް ބިން މުހައްމަދު، ހަނދުވަރީގެ / ލ.ކުނަހަންދޫ
މިދަރިވަރުންނަށް ހިތްވަރުދިނުމުގެ ގޮތުން ވެލިދޫ ކައުންސިލުންވަނީ މި ކުދިންނާއި މިކުދިންގެ ބެލެނިވެރިންނާއި ބައްދަލުކޮށް މިކުދިންނަށް ފުރިހަމަ ކާމިޔާބީއަށް އެދި ހިތްވަރުދިނުމުގެ ގޮތުން ހަދިޔާއެއް އަރުވާފައެވެ.
30 ޖޫން 2024



No comment