ބިން ކުއްޔަށް ދޫކުރުމާއި ބެހޭ

 

ނަންބަރު:IUL)297/INDIV/2019/21

އިޢުލާން

    ބިން ކުއްޔަށް ދޫކުރުމާއި ބެހޭ

މޫދު ކުޅިވަރު ކުޅޭ ސަރަޙައްދެއްގެ ގޮތުގައި ވަކި ސަރަޙައްދެއް ކަނޑައެޅުމުގެގޮތުން މިރަށުގެ ދެކުނުފަރާތު ގޮނޑުދޮށުން ރާވެރިންމަގާއި ސްފާއިލް އިރުމަތީ ގޯޅިއާއި ދެމެދު 20 ފޫޓު 15ފޫޓުގެ 2ބިން 2އަހަރު ދުވަހުގެ މުއްދަތަށް ކުއްޔަށް ދޫކުރުމަށްވަނީ ހަމަޖެހިފައެވެ. ކުލިފެށޭ އަގަކީ މަހަކު އަކަފޫޓަކަށް 50/- (ފަންސާސްލާރި) ން ފެށިގެން އެދޭ ކުއްޔެކެވެ. ކޮންމެ ފަރާތަކަށްވެސް ކުއްޔަށް ހިފުމަށް ހުށަހެޅޭނީ އެއް ބިމަށެވެ.

  • އެއްބިމަކަށް ހުށަހަޅާ ކުލި އެއްވަރުކޮށް އެއްފަރާތަށްވުރެ ގިނަ ފަރާތުން ހުށަހަޅައިފިނަމަ އެބިމެއް ދޫކުރާނެ ފަރާތެއް ކަނޑައަޅާނީ ގުރުއަތުލައިގެންނެވެ.
  • ބިންތައް ކުއްޔަށް ދޫކުރުމަށް ހަމަޖެހިފައިވަނީ އެންމެމަތީ ކުލި ހުށަހަޅާ ފަރާތްތަކަށެވެ.
  • މިއިއުލާނާއެކުގައިވާ ޗާޓުގައިވާ ގޮތަށް ހުށަހަޅާ ބިމުގެ ނަންބަރު ސިޓީގައި ބަޔާންކުރަންވާނެއެވެ.

 

ވީމާ، މިދެންނެވި 2ބިން ބިޑް އުސޫލުން ކުއްޔށް ހިފުމުގެ ޝައުގުވެރިކަން ހުރި ފަރާތްތަކުން 29 އޭޕްރީލް 2019 ވާ ހޯމަދުވަހުގެ 10:30އަށް އެކަމަށް އެދި ސިޓީ ހުށަހެޅުއްވުން އެދެމެވެ. ކުއްޔަށް ހިފުމަށް ހުށަހަޅުއްވާ ފަރާތުގެ ބަދަލުގައި މީހަކު ފޮނުވާނަމަ އެކަން ބަޔާންކޮށް މިއިދާރާއަށް ސިޓީ ހުށަހަޅަންވާނެއެވެ.

 

22 އޭޕްރީލް 2019