ވޭޖްއެމްޕްލޯއިމަންޓްގެދަށުން ވަގުތީ އިމާމްއެއް ބޭނުންވެއްޖެ


ނަންބަރު: (IUL)297-AD/297/2018/13

އިޢުލާން

ވޭޖްއެމްޕްލޯއިމަންޓް ވަޒީފާގެ ފުރުޞަތު

މަޤާމް:

ވޭޖް އެމްޕްލޮއި (ވަގުތީ އިމާމް/ ވަގުތީ މުދިމް)

ބޭނުންވާ ޢަދަދު:

1 (އެކެއް)

މަޤާމުގެ ގިންތި:

ވަގުތީ

މަޤާމްއޮތް އޮފީސް:

މިނިސްޓްރީ އޮފް އިސްލާމިކް އެފެއާރޒް

ވަޒީފާއަދާކުރަންޖެހޭތަން:

ނ.ވެލިދޫމިސްކިތް

ރޭންކް:

ޖީ.އެސް 3

ޖީ.އެސް 1

 

ކްލެސިފިކޭޝަން: އެސިސްޓެންޓް ޓެކްނިކަލް އޮފިސަރ ގްރޭޑް 1

ކްލެސިފިކޭޝަން: އެސިސްޓެންޓް އޮފިސަރ ގްރޭޑް 1

މަސައްކަތްކުރަންޖެހޭ ގަޑީގެ ޢަދަދު

ދުވާލަކު 5 ގަޑިރު

ވަޒީފާއަށްއެންމެޤާބިލްފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް

  1. ތަޢުލީމާއި ތަމްރީން
  2. މަސައްކަތުގެ ތަޖްރިބާ
  3. އިންޓަރވިއުކޮށްގެން
  4. ޕްރެކްޓިކަލް ހަދައިގެން

 މަސައްކަތްކުރާ ގަޑިއިރަކަށް ދެވޭ ފައިސާގެ ޢަދަދު:

–     އިމާމް ޝަރުޠުހަމަވާނަމަ (ޖީ.އެސް 3 ރޭންކްގެ) މަސައްކަތްކުރާ ކޮންމެގަޑިއަކަށް (ކޮންމެ ނަމާދު ވަގުތުހިމެނޭ ގޮތަށް) -/56 (ފަންސާސް ހަރުފިޔާ)

–     މުދިމް ޝަރުޠުހަމަވާނަމަ (ޖީ.އެސް 1 ރޭންކްގެ) މަސައްކަތްކުރާ ކޮންމެގަޑިއަކަށް (ކޮންމެ ނަމާދު ވަގުތުހިމެނޭ ގޮތަށް) -/48 (ސާޅީސް އަށް ރުފިޔާ)

ބޭނުންވާ މުއްދަތު

3 (ތިން) މަސް

މަޤާމުގެ ޝަރުޠު

(ޖީ.އެސް 3) ގެ:

      މަޤާމުގެ މަސައްކަތްކުރުމުގެ ހުނަރު / ޤާބިލްކަން ސާބިތުކޮށްދިނުމާއެކު

  1. މުދިމްކަމުގެ ސަނަދުލިބިފައިވުން ނުވަތަ
  2. ހުކުރުކުރުމުގެ ހުއްދަލިބިފައިވުން ނުވަތަ
  3. ދީނީދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަޑުގެ ލެވެލް 3 ގެ ސަނަދެއް ހާޞިލްކޮށްފައިވުން.

މަޤާމުގެ ޝަރުޠު

(ޖީ.އެސް 1) ގެ:

      މަޤާމުގެ މަސައްކަތްކުރުމުގެ ހުނަރު / ޤާބިލްކަން ސާބިތުކޮށްދިނުމާއެކު

  1. އިމާމްވެ ނަމާދުކުރަން އެނގޭ މީހެއްތޯބެލުމާއި، އަދި އިމާމްވެ ނަމާދުކުރެވޭ ވަރަށް ތަޖުވީދުމަގުން ކީރިތި ޤުރުއާން ކިޔަވަންއެގޭތޯ ބެލުމަށްޓަކައި މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒްއިންދެވޭ ފެންވަރު ބެލުމުގެ އިމްތިހާނުން ފާސްވެފައިވުން، ނުވަތަ
  2. ހުކުރުކުރުމުގެ ހުއްދަލިބިފައިވުން

މަޤާމުގެ މައިގަޑު

މަސްއޫލިއްޔަތުތައް

  1.  ހަވާލުކުރެވޭ މިސްކިތެއްގައި ފަރުޟް ފަސްނަމާދު ވަގުތުގައި ބަންގި ގޮވުމާއި އިމާމްވެ ނަމާދުކުރުން.
  2. ރަށުކައުންސިލްގެ އިދާރާއިން އަންގަވާފިހިނދެއްގައި އިމާމްވެކޭތަނަމާދާއި، ޢީދުނަމާދާއި ހުކުރު ނަމާދުކުރުން.
  3. މިސްކިތުގައި ރަމަޟާންމަހު އިމާމްވެ ތަރާވީހު ނަމާދުކުރުން.
  4.  ކައުންސިލްއިދާރާއިން އަންގަވާފި ހިނދެއްގައި މިސްކިތުގައި ކުރަންޖެހޭ ކަށުނަމާދުކުރުމާއި، މަރުވާ މީހުންގެ ކަށުކަމާކެމީގެ ކަންތައްތައް ކުރުން.
  5. މިސްކިތުގެ އިމާމަކު ކައުންސިލްއިދާރާއަށް ނުކުމެސޮއިކޮށްފައިވަނިކޮށް، ހަމައެދުވަހު އިމާމު މީހާއަށް ކަމެއް ދިމާވެގެން މިސްކިތަށްދިއުމަށް އުޒުރުވެރިވެއްޖެނަމައެދުވަހުގެ ބާކީއޮތްބަޔަށް މިސްކިތަށް އިމާމަކު ހަމަޖެއްސުމަކީ މިސްކިތް ހަވާލުކޮށް ފައިވާ އިމާމްމީހާގެ ޒިންމާއެކެވެ. މިގޮތުން ހަވާލުކުރައްވާ އިމާމަކީ ތަޖުވީދުމަގުން ޤުރުއާންކިޔަވަން އެނގޭ މީހަކަށް ވުމާއި، ރީތިކޮށްބަންގިގޮވަން ދަންނަ މީހަކު ކަމުގައި ވާންވާނެއެވެ. (އަދި މިކަން ކައުންސިލްއިދާރާއަށް އެންގެވުންއެދެމެވެ.)
  6. ދާއިމީ އަދި ވަގުތީގޮތުން މިސްކިތްތަކާ ހަވާލުވެފައިވާ އިމާމުން ރަސްމީ ދުވަސްތަކުގައި މެންދުރު  1.00 ގެ ކުރިން ކައުން)ސިލްގެއިދާރާގައި) ހާޟިރީގައި ސޮއި ކުރައްވަންވާނެއެވެ.
  7. މިސްކިތަށް ލިބެމުންދާ ގެއްލުންތަކާއި ދަތިވާ ކޮންމެކަމެއް ރަށުކައުންސިލް އިދާރާއަށް އަންގާގެން އެކަން ރަގަޅުކުރެވޭތޯ ބެލުން.
  8. މިސްކިތުގެ ސައުންޑްސިސްޓަމް ބެލެހެއްޓުމާއި ސިސްޓަމަށް މައްސަލައެއް ދިމާވެއްޖެނަމަ އެކަން ކައުންސިލް އިދާރާއަށް އަންގައިގެން ޙައްލުކުރުމަށް މަސައްކަތްކުރުން.
  9. މިސްކިތު މަސައްކަތު މީހާ ޙާޟިރުނުވާ ވަގުތެއްގައިނަމަ މިސްކިތު އިމާމް / މުދިމް މިސްކިތުގެތެރެ ސާފްކުރުމާއި ނަމާދުކޮށް ނިމިގެން ދަމުން ބޮކި، ހޮޅިބުރިއާއި ފަންކާ ނިއްވުމާއި، އެވަގުތު މިސްކިތުގާ މީހަކުނެތްނަމަ  މިސްކިތުގެ ދޮރުތައް ލެއްޕުން.
  10. މިސްކިތުގައި ދީނީ ދަރުސްތައްދިނުން ފަދަ ޕްރޮގްރާމްތައް ހިންގާނަމަ، އެފަދަ ޕްރޮގްރާމްތަކަށް ބޭނުންވާ އެހީތެރިކަން ދިނުމާއި އަދި އެކަމެއް ނިމެންދެން މިސްކިތުގައި މަޑުކުރުން.
  11. މިސްކިތުގެ ގޯތިތެރޭގައި ގަސް އިންދާ ގަސްތަކަށް ފެންދީ ބެލެހެއްޓުމުގެ ކަންތައްތައް މަސައްކަތު މީހުން ލައްވާކުރުވުން.
  12. މިސްކިތާބެހޭގޮތުން ރައްޔިތުންކުރާ ޝަކުވާގެއަޑުއަހާ އެޝަކުވާތައް ކައުންސިލް އިދާރާއަށް ހުށަހަޅައި ގެން ހައްލުކުރުމަށް މަސައްކަތްކުރުން.
  13.  މިސްކިތުގައި މަސައްކަތު މީހުންމަސައްކަތްކުރާ ނުކުރާގޮތްބަލައި އެމީހުންލައްވާ މަސައްކަތް ކުރުވުން.
  14. ރަސްމީ މަސައްކަތާގުޅޭގޮތުން މިސްކިތުގައި ކުރުމަށް ހަވާލުކުރެވޭ އެންމެހާ ކަންތައްތައްކުރުން.
 

ހުށަހަޅަންޖެހޭ ލިޔުންތައް

.  1. ފުރިހަމަކުރައްވާފައިވާ ވަޒީފާއަށްއެދޭފޯމް

  1. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)
  2. ވަޒީފާއަށްއެދޭފަރާތުގެ ދިވެހިރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭފަދަ ކޮޕީއެއް.
  3. ސިވިލްސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއްއޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް، ވަޒީފާއަދާ އޮފީހުގެ ލިޔުން.
  4. ލިބިފައިވާ ހުރިހާ ތަޢުލީމީސެޓްފިކެޓްތަކުގެ ކޮޕީ:

(ހ) މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު ބައްލަވާފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ. (ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ މަތީ ތަޢުލީމުދޭ މަރުކަޒަކުން ހިންގާ ރާއްޖެއިން ބޭރުގެ ޕްރޮގްރާމްތަކުގެ ފެންވަރު ބައްލަވާފައިވާ ސެޓްފިކެޓްތަކާއި، ރާއްޖެއިން ބޭރުގެ މަތީތަޢުލީމުދޭ މަރުކަޒަކުން ހިންގާ ރާއްޖެއިން ބޭރުގެ ޕްރޮގްރާމްތަކުގެ ފެންވަރު ބައްލަވާފައިވާ ސެޓްފިކެޓްތައް ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓްފިކެޓްވަކި ފެންވަރެއްގައި ގަބޫލު ކުރެއްވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭސަން އޮތޯރިޓީން ދޫކުރައްވާފައިވާ ލިޔުމުގެ ކޮޕީ)

(ށ) ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ މަތީ ތަޢުލީމްދޭ މަރުކަޒަކުން ކުރިއަށްގެންދާ ރާއްޖޭގެ    ޕްރޮގްރާމްތަކުގެ ސެޓްފިކެޓްތަކުގެ ކޮޕީ. ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީ.

(ނ) ސިވިލްސަރވިސް ޓްރޭނިންގ އިންސްޓިޓިއުޓުން ހިންގަވާ ކޯސްތަކުގެ ސެޓްފިކެޓްތަކުގެ ކޮޕީ:

  1. ފުރިހަމަކޮށްފައިވާ ، ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނުތަކުގެ ސެޓްފިކެޓްތަކުގެ ކޮޕީ.
  2. ސިވިލްސަރވިސްގެ ވަޒީފާއަށް ވަނުމަށްދެވޭ އިމްތިހާނުން ފާސްވިކަން އަންގައިދިނުމުގެ ގޮތުން ސިވިލްސަރވިސް ޓްރޭނިންގ އިންސްޓިޓިއުޓުން ދޫކޮށްފައިވާ ސެޓްފިކެޓްގެ ކޮޕީ.
  3. މަސައްކަތުގެ ތަޖްރިބާދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުންދޫކޮށްފައިވާ ލިޔުންތަކުގެ ކޮޕީ

(ހ) ސިވިލްސަރވިސް އިން ބޭރު ވަޒީފާއެއް އަދާކޮށްފައިވާނަމަ، އެވަޒީފާއެއް އަދާކުރި މުއްދަތާއި ކުރި މަސައްކަތް ބަޔާންކޮށް އެއޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ށ) އަމިއްލަ ކުންފުންޏެއްގެ ނުވަތަ އަމިއްލަ އިންސްޓިޓިއުޓެއްގެ ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާއަދާކޮށްފައިވާނަމަ ވަޒީފާއަދާކުރި މުއްދަތާއި ކުރި މަސައްކަތް އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެއޮފީހަކުން ދޫކޮށްފައިވާ ލިޔުން.

 

މަޤާމަށްއެދެންވީގޮތާއި ސުންގަޑި:

ވަޒީފާއަށްއެދޭ ފޯމް ވެލިދޫކައުންސިލްގެ އިދާރާގެ ކައުންޓަރުން ލިބެންހުންނާނެއެވެ. އަދި ސިވިލްސަރވިސް ކޮމިޝަނުގެ www.csc.gov.mv މިމަޤާމަށްއެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 15 މާރޗް 2018 ވާ ބުރާސްފަތި ދުވަހުގެ މެންދުރުފަހު 2.00 ގެ ކުރިން ނ.ވެލިދޫކައުންސިލްގެ އިދާރާއަށެވެ. ވަޒީފާއަށްއެދޭ ފޯމާއި ލިޔުންތައް އީ-މެއިލް މެދުވެރިކޮށްވެސް ބަލައިގަނެވޭނެއެވެ. އީމެއިލް އެޑްރެހަކީ secretariate@velidhoo.gov.mv  އެވެ.  އެޕްލިކޭޝަން ފޯމާއިއެކު ހުށަހަޅަންޖެހޭ ހުރިހާ ލިޔުންތައް ހުށަހަޅާފައިނުވާނަމަ އެޕްލިކޭޝަން ފޯމް ބާތިލުކުރެވޭނެއެވެ.

 

އިންޓަރވިއުއޮންނާނެ ތަނާއި، މުއްދަތު:

މިމަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އަދި ޕްރެކްޓިކަލްސް އޮންނާނީ 18 މާރޗް 2018އާއި 22 މާރޗް 2018 އާ ދެމެދު ނ.ވެލިދޫ ކައުންސިލްގެ އިދާރާގައެވެ. ވީމާ މިވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުން، އެތާރީޚުތަކުގައި އިންޓަވިއުއަށް ހާޒިރުވުމަށް ތައްޔާރުވެގެން ތިއްބެވުންއެދެމެވެ.

 

ސޯޓްލިސްޓްކުރުން.

މިވަޒީފާއަށްއެދި ހުށަހަޅާ ސަރުތު ހަމަވާ ފަރާތްތަކުގެ ޢަދަދު 10 އަކަށްވުރެ ގިނަނަމަ ތަޢުލީމީފެންވަރާއި ތަޖުރިބާއަށް ބަލައި ، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭ 10 ފަރާތް ސޯޓްލިސްޓްކުރެވޭނެއެވެ.

 

މަޤާމަށްމީހުންހޮވުމަށްކަނޑަ އަޅާފައިވާކްރައިޓީރިއާގެހުރިހާ ބަޔަކުންއެންމެދަށްވެގެންލިބެން ޖެހޭ ޖުމްލަ އިންސަތަ

މިމަޤާމަށް މީހުންހޮވުމަށް ކަނޑައަޅާފައިވާ ކްރައިޓީރިއާގެ ހުރިހާ ބަޔަކުން އެންމެ ދަށްވެގެން ލިބެންޖެހޭ ޖުމްލަ %30 (ތިރީސް އިންސައްތަ) ކަމުގައި ވާންވާނެއެވެ.

 

އިތުރުމަޢުލޫމާތު ހޯދުން

މިއިޢުލާނާއިގުޅިގެން މަޢުލޫމާތު ސާފްކުރެއްވުމަށް މިއިދާރާގެ ނަންބަރު 6560010 އަށް ގުޅުއްވުންއެދެމެވެ.

18  ޖުމާދަލްއާޚިރާ  1439

06   މާރޗް   2018