ބިން ކުއްޔަށް ދޫކުރުމާއި ބެހޭ

ނ ވެލިދޫ އާރޓިފިޝަލް ބީޗް މަރާމާތުކޮށް ބަލަހައްޓާ ގޮތަށް، އާރޓިފިޝަލް ބީޗްގެ އިރު ދެކުނު 40 ފޫޓް 40 ފޫޓްގެ ބިމެއް 20 އަހަރު ދުވަހަށް ދޫކުރުމަށްވަނީ ނިންމާފައެވެ.

ވީމާ، މިބިން ކުއްޔަށް ނެގުމަށް ޝައުޤުވެރިކަން ހުރި ފަރާތްތަކުން ތިރީގައި ދެންނެވިފައިވާ ދުވަސްތަކާއި، ގަޑިތަކުގައި މިއިދާރާއަށް ހާޟިރުވެ މަޢުލޫމާތު ސާފުކުރެއްވުމަށްފަހު އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.

ތަން ދުވަސް ތާރީޚު ގަޑި
މަޢުލޫމާތު ސާފުކުރުން ނ.ވެލިދޫ ކައުންސިލް އިދާރާ އަންގާރު 28 އޮގަސްޓް 2018 10:00
އަންދާސީހިސާބު ހުށަހެޅުން ނ.ވެލިދޫ ކައުންސިލް އިދާރާ ބުރާސްފަތި 30 އޮގަސްޓް 2018 10:30

މިމަސައްކަތަށް އެދި ފުރުޞަތު ހުޅުވާލެވިފައިވަނީ ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު (ޤާނޫނު ނަމްބަރު2014/18) ގެ ދަށުން ރަޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު (ޤާނޫނު ނަމްބަރު 2014/19) ގެ ދަށުން ރަޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކަށެވެ. މިކަމަށް ހުށަހަޅާ ފަރާތްތަކަކީ ޖީ.އެސް.ޓީއަށް ރަޖިސްޓްރީކުރެވިފައިވާ ފަރާތްތަކެއް ކަމުގައި ވާންވާނެއެވެ.

މަޢުލޫމާތު ސާފުކުރެއްވުމަށާއި، އަންދާސީ ހިސާބު ހުށަހެޅުމަށް ބަދަލުގައި މީހަކު ފޮނުވާނަމަ އެކަން ބަޔާންކޮށް މިއިދާރާއަށް ސިޓީ ހުށަހަޅަންވާނެއެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީ ހިސާބާއި، ގަޑިޖެހުމަށްފަހު ހުށަހަޅާ އަންދާސީ ހިސާބުތައް ބަލައެއްނުގަނެވޭނެއެވެ.

01 ޛުލްޙިއްޖާ 1439

      12 އޮގަސްޓް 2018