އައިލެންޑް ޑިވެލޮޕްމަންޓް ކޮމިޓީ އުފެއްދުމާބެހޭ

އިޢުލާން

އައިލެންޑް ޑިވެލޮޕްމަންޓް ކޮމިޓީ އުފެއްދުމާބެހޭ

ނ.ވެލިދޫގެ ތަރައްޤީ އާގުޅޭ އެންމެހާ ކަންކަމުގައި ކައުންސިލުން ޚިޔާލާ މަޝްވަރާ ހޯދުމުގެ ބޭނުމުގައި ” އައިލެންޑް ޑިވެލޮޕްމަންޓް ކޮމިޓީ ” މިނަމުގައި ވެލިދޫ ކައުންސިލްގެ ކޮމިޓީއެއް އުފެއްދުމަށް ވަނީ ހަމަޖެހިފައެވެ.

މި ކޮމިޓީއަކީ، 11 މެމްބަރުންގެ މައްޗަށް އެކުލެވޭ ކޮމިޓީއެކެވެ.އެއީ ކައުންސިލްގެ 3 މެމްބަރުންނާއި ، މި އިޢުލާނަށް ކުރިމަތިލައްވާ ފަރާތްތަކުގެ ތެރެއިން 8 މެމްބަރުން ހިމެނޭ ކޮމިޓީއެކެވެ. މި ކޮމިޓީއަށް އެދި ސިޓީ ހުށައަޅާ ފަރާތްތަކުގެ އަދަދު 8 ބޭފުޅުންނަށްވުރެ އިތުރުވެއްޖެނަމަ 8 މެމްބަރުން ހޮވާނީ ސިޓީލެއްވި ފަރާތްތަކުގެ މެދުގައި ގުރުއަތުލާ ގުރުއަތުން ހޮވޭ 8 ފަރާތެކެވެ.

ވީމާ، މިކޮމިޓީގެ (އައިލެންޑް ޑިވެލޮޕްމަންޓް ކޮމިޓީގެ) މެމްބަރުކަމަށް އެދޭ ވެލިދޫގެ ކޮންމެ ރައްޔިތަކު ތިރީގައިވާ މަޢުލޫމާތާއެކު 12 ޑިސެމްބަރ 2018 ވާ ހޯމަދުވަހުގެ 14:00ގެކުރިން މިއިދާރާއަށް ހުށައެޅުއްވުން އެދެމެވެ.

ފުރިހަމަ ނަން

ދާއިމީ އެޑްރެސް

މިހާރު ދިރިއުޅޭ އެޑްރެސް

އައި.ޑީ ކާރޑް ކޮޕީ

މޯބައިލް ފޯނު ނަމްބަރ

މިހެންވެމިކަން އާއްމުކޮށް އަންގައި އިޢުލާން ކުރީމެވެ.

                24 ރަބީޢުލްއައްވަލް 1440

                 02  ޑިސެމްބަރ 2018