council user

ވެލިރަން އެވޯޑް ކްރައިޓީރިއާ

ވެލިރަން އެވޯޑް ކްރައިޓީރިއާ

ވެލިރަން އެވޯޑް ދިނުމުގެ މިންގަޑު

  1. ތަޢާރަފް

މިއީ ތަފާތު ދާއިރާ ތަކުން ދިގު މުއްދަތަކަށް ޝަރަފުވެރި ޚިދުމަތްތަކެއް ވެލިދޫ އަށް ކޮށްދެއްވާފައިވާ ފަރާތްތަކާއި، ތަފާތު ދާއިރާ ތަކުން ރަށަށް އަގުހުރި ޚިދުމަތްތަކެއް ކޮށްދެއްވާފައިވާ ފަރާތްތަކާއި، ރަށަށް އެންމެ ޚިދުމަތްތެރި ފަރާތްތަކާއި، ދުނިޔޭގެ ފެންވަރުގައާއި އަދި ޤައުމީ ފެންވަރުގައި ރަށަށް ރީތިނަމާއި ޝަރަފް ހޯދައިދީފައިވާ ފަރާތްތަކުގެ އަގުވަޒަންކޮށް އަހަރަކު އެއްފަހަރު “ވެލިރަން އެވޯޑް” ގެ ނަމުގައި ދިނުމަށް ހަމަޖެހިފައިވާ އެވޯޑް ދިނުމަށް ކަނޑައަޅާ މިންގަޑެވެ.

  1. މިންގަޑުގެ ނަން

މިންގަޑުގެ ނަމަކީ “ވެލިރަން އެވޯޑް ދިނުމުގެ މިނގަޑު” އެވެ.

  1. މަޤުސަދު
  • ތަފާތު ދާއިރާ ތަކުން ދިގުމުއްދަތަކަށް ޝަރަފްވެރި ޚިދުމަތްތަކެއް ވެލިދޫއަށް ކޮށްދެއްވާފައިވާ ފަރާތްތަކާއި، ތަފާތު ދާއިރާތަކުން އަގުހުރި ޚިދުމަތްތަކެއް ރަށަށް ކޮށްދެއްވާފައިވާ ފަރާތްތަކުގެ އަގުވަޒަންކުރުން.
  • ވެލިދޫގެ ކުރިއެރުމާއި ތަރައްޤީއަށް އެންމެ ލާބަހުރި އެހީތެރިކަން ދެއްވި މަދަދުވެރިންނާއި ޚިދުމަތްތެރިންނާއި، ދަރުމަވެރިންގެ އަގުވަޒަންކުރުން.
  • ދުނިޔޭގެ ފެންވަރުގައި، ޤައުމީ ފެންވަރުގައި، އަތޮޅުފެންވަރުގައި އަދި ރަށުފެންވަރުގައި ރަށަށް ރީތި ނަމާއި ޝަރަފް ހޯދައިދީފައިވާ ފަރާތްތަކުގެ އަގުވަޒަންކުރުން.
  • ފަތުރުވެރިކަމާއި، އުފެއްދުންތެރިކަމާއި، މަސްވެރިކަމާއި، ދަނޑުވެރިކަން އަދި ދިވެހި ބޭސްވެރިކަމުގެ ދާއިރާއިން ޒުވާުނުން ބިނާކުރުމަށް ހިތްވަރުދިނުމާއި، ދާއިރާތައް ކުރިއެރުވުމުގައި ޚިދުމަތުގައި ދެމިތިއްބެވި ފަރާތްތަކުގެ އަގުވަޒަންކުރުން.
  • ތަޢުލީމީ، ސިއްޚީ، ތިމާވެށި، ކުޅިވަރު، ވިޔަފާރިއާއި އިޤްތިޞާދު، މިދާއިރާތަކުން ހުނަރުވެރި ޖީލެއް ބިނާކޮށް، ބިނާކުރަނިވި މަންފާހުރި އާރުލާ މަސައްކަތްތަކެއް ކުރުމުގެ ރާސްތާ އަލިކޮށްދިނުން.
  • ދީނީ ތަޢުލީމު ކުރިއެރުވުމަށް ހިތްވަރުދިނުމާއި، ދީނީ ހޭލުންތެރިކަން އުފެއްދުމަށް ހިތްވަރުދީ، ދިވެހި ބަހާއި އަދަބިއްޔަތު، އަދި ތާރީޚާއި ސަޤާފަތް ނަގަހައްޓާ ދެމެހެއްޓުމަށް ބާރުއަޅާ ހިތްވަރުދިނުން. އަދި ބިނާކުރަނިވި ނަފާހުރި މަސައްކަތްތަކެއް ކުރުމަށް މަގުފަހިކޮށްދިނުން.
  • ރަށުގެ މުއައްސަސާތަކާއި، ކްލަބް ޖަމުޢިއްޔާތަކުގެ އިޖުތިމާއީ ރޫޙު އާލާކުރުމާއި، ރަށުވަންތަ ލޯބީގައި މަސައްކަތް ކުރުމަށް ހިތްވަރުދީ އެފަދަފަރަތްތަކުގެ އަގުވަޒަންކުރުން.
  1. އެވޯޑްދިނުމަށް ކަނޑައަޅާ ދާއިރާތަށް
  • ޝަރަފްވެރިކަމުގެ އެޥޯޑް
  • މަތީދަރަޖަ އެވޯޑް
  • ހިތްވަރު ދިނުމުގެ އެވޯޑް
  • ޚާއްޞަ ޚިދުމަތުގެ އެވޯޑް
  • ލައިފްޓައިމް އެޗީވްމަންޓް އެވޯޑް
  1. ޝަރަފްވެރިކަމުގެ އެވޯޑް

ޝަރަފްވެރިކަމުގެ އެވޯޑް ދެވޭނީ އެކަށީގެންވާ އަގުހުރި ޚިދުމަތްތަކެއް ދިގުމުއްދަތެއްގައި ރަށަށް ކޮށްދެއްވާފައިވާ ފަރާތްތަކުގެ ތެރެއިން ރަށަށް ނިސްބަތްވާ ފަރާތްތަކާއި، ރަށުގެ ކްލަބް ޖަމުޢިއްޔާ ޖަމާޢަތްތަކަށެވެ. މިއެވޯޑް ދެވޭނީ ކަނޑައަޅާފައިވާ ދާއިރާތަކުން އިވެލުއޭޝަން ކޮމިޓީން ކަނޑައަޅާ ޝަރުތު ފުރިހަމަވާ، މާކްސް ދިނުމުގެ އުސޫލުން %80 އިން މަތިން މާކްސް ހޯދާފަރާތްތަކަށެވެ.

  • ޝަރަފްވެރިކަމުގެ އެވޯޑްގެ ދާއިރާތައް
  • ދީނީ ހޭލުންތެރިކަން އިތުރުކުރުމާއި ދީނީ ޢިލްމު އުގަންނައިދިނުމުގެ ދާއިރާ
  • ދިވެހި ބަހާއި އަދަބިއްޔާތު، އަދި ތާރީޚާއި ސަޤާފަތުގެ ދާއިރާ
  • ތަޢުލީމީ ދާއިރާ
  • ސިއްޙީ އަދި ދިވެހި ބޭސްވެރިކަމުގެ ދާއިރާ
  • މަސްވެރިކަމުގެ ދާއިރާ
  • ދަނޑުވެރިކަމުގެ ދާއިރާ
  • ފަތުރުވެރިކަމުގެ ދާއިރާ
  • ތިމާވެށީގެ ދާއިރާ
  • އުފެއްދުންތެރިކަމުގެ ދާއިރާ
  • ކުޅިވަރުގެ ދާއިރާ
  • ވިޔަފާރިއާއި އިޤްތިޞާދުގެ ދާއިރާ

 

  • ޝަރަފްވެރިކަމުގެ އެވޯޑަށް ނަންހުށަހެޅުން
    • ރަށުގައި ރަށްވެހިވެފައިވާ ފަރާތްތަކުގެ ތެރެއިން ސަރުކާރުގެ އިދާރާއަކުން ނުވަތަ މިނިވަން މުއައްސަސާއަކުން ނުވަތަ ސަރުކާރު ހިއްސާވާ ކުންފުންޏަކުން މި އިނާމަށް ހުށަހަޅާ ފަރާތަކަށްވުން.
    • ރަށުގައި ރަށްވެހިވެފައިވާ ފަރާތްތަކުގެ ތެރެއިން އަމިއްލަގޮތުން ނުވަތަ ފަރުދީގޮތުން ނުވަތަ ކްލަބް ޖަމުޢިއްޔާ ޖަމާޢަތަކުން ނުވަތަ އަމިއްލަ ކުންފުންޏަކުން މި އިނާމަށް އެދި ހުށަހަޅާ ފަރާތަކަށްވުން

 

  • ޝަރަފްވެރިކަމުގެ އެވޯޑު ހައްޤުވާފަރާތްތައް ކަނޑައަޅާނެ މިންގަނޑުތައް
    • އިނާމަށް ހުށަހެޅުނު ދާއިރާއިން 30 އަހަރު ދުވަހަށްވުރެ ދިގުމުއްދަތަކަށް ވެލިދޫއަށް ޚިދުމަތްކޮށްދީފައިވާ ވެލިދޫގެ ރައްޔިތެއްކަމުގައިވުން.
    • ރަށުގެ ކުރިއެރުމާއި، ތަރައްޤީއަށް މަސައްކަތްކޮށްފައިވާ މިންވަރާއި، މަސައްކަތްކޮށްދީފައިވާގޮތް
    • ކުރާމަސައްކަތަކުން، މުބާރާތަކުން، ޚިދުމަތަކުން ޤައުމީ އަދި ބައިނަލްއަޤުވާމީ ދާއިރާގައި ރަށާއި، ރާއްޖެއަށް ރީތިނަމާއި ޝަރަފު ހޯއްދަވައިދެއްވާފައިވުން
    • އިނާމަށް ހުށަހެޅުނު ދާއިރާއިން މުޖްތަމަޢުއަށް ފައިދާހުރި ގޮތެއްގައި މަސައްކަތެއް ނުވަތަ ޚިދުމަތެއް ކޮށްދެއްވާފައިވުން
    • ލިބިފައިވާ އިލްމެއް ނުވަތަ ފަންނީ ހުނަރެއް މުޖުތަމަޢުއަށް ބޭނުންތެރިގޮތެއްގައި ހިފާފައިވުމާއި އެހެންމީހުންނަށް އުނގަންނައިދީފައިވާ މިންވަރާއި، ހާސިލުކުރެވުނު ނަތީޖާ.
    • އާ އީޖާދު ތަކާއި ދިރާސާތަކުން ހޯދާފައިވާ ކާމިޔާބީތައް
    • އިނާމަށް ހުށަހަޅާ ދާއިރާއިން މުޖުތަމައަށް ފައިދާހުރިގޮތެއްގައި މަސައްކަތެއް ނުވަތަ ޚިދުމަތެއް ކޮށްދީފައިވާކަން އަންގައިދިނުމަށް ހުށަހަޅާ ކިތާބީ ހެކި ނުވަތަ މަޢުލޫމާތުގެ ސައްޙަކަން ކަށަވަރުކުރުމަށްޓަަކައި ކަމާގުޅުންހުރި އިދާރާއެއްގެ ސިއްކަ ޖެހި ރަސްމީ ލިޔުން ހުށަހެޅުން.

 

  1. މަތީދަރަޖައިގެ އެވޯޑް

މަތީދަރަޖައިގެ އިނާމު ދެވޭނީ ޖީސީއީ އޯލެވެލް އާއި ޖީސީ އެސް ސީ، އެސް އެސް ސީ އިމްތިހާނު ތަކުންނާއި، އެޑެކްސެލް ޖީސީއީ އޭލެވެލް އަދި  އެޗް އެސް ސީ އިމްތިހާނުތަކުން މިނިސްޓްރީ  އޮފް އެޑުކޭޝަނުން ކަނޑައަޅާ އުސޫލުތަކުގެ ދަށުން ދުނިޔޭގެ ފެންވަރުގައި އަދި ޤައުމީ ފެންވަރުގައި 1ވަނަަ 2ވަނަ އަދި 3ވަނަަ ހާސިލުކުރާ ވެލިދޫގެ ދަރިވަރުންނަށާއި، މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީގެ މިންގަޑުތަކުގެ ދަށުން ޑިގްރީން މަތީ ޕްރޮގްރާމެއް ނުވަތަ ކޯސްތަކުން ޤައުމީ ފެންވަރުގައި ދުނިޔޭގެ ފެންވަރުގައި 1ވަނަަ 2ވަނަ އަދި 3ވަނަަ ހާސިލުކުރާ ވެލިދޫގެ ދަރިވަރުންނާއި، ޙާފިޘް ކަމުގެ ސަނަދު ހާސިލުކުރާ ވެލިދޫގެ ފަރާތްތަކަށެވެ. މަތީދަރަޖަ ހާސިލުކުރާ ފަރާތްތަކުގެ ޚާއްޞަ އިނާމް 5 ބަޔަކަށް ބެހިގެންވެއެވެ.

 

  • ޘާނަވީބައި: ޘާނަވީ ބައިން އިނާމު ދެވޭނީ ޖީސީީއީ އޯލެވަލް، އާއި ޖީސީ އެސްއީ، އެސް އެސް ސީ އިމްތިހާނުތަކުން، މިނިސްޓްރީ އޮފް އެޑުކޭޝަނުން ކަނޑައަޅާ އުސޫލުތަކުގެ ދަށުން ދުނިޔޭގެ ފެންވަރުގައި އަދި ޤައުމީ ފެންވަރުގައި 1ވަނަަ 2ވަނަ އަދި 3ވަނަަ ހާސިލުކޮށްފައިވާ ވެލިދޫގެ ދަރިވަރުންނެވެ.

 

  • މަތީޘާނަވީ ބައި: މަތީ ޘާނަވީބައިން އިނާމުދެވޭނެ އެޑެކްސެލް ޖީސީއީ އޭލެވެލް، އަދި އެޗްއެސްއީ އިމްތިހާނުތަކުން މިނިސްޓްރީ އޮފް އެޑިއުކޭޝަނުން ކަނޑައަޅާ އުސޫލުތަކުގެ ދަށުން ދުނިޔޭގެ ފެންވަރުގައި އަދި ޤައުމީ ފެންވަރުގައި 1ވަނަަ 2ވަނަ އަދި 3ވަނަަ ހާސިލުކޮށްފައިވާ ވެލިދޫގެ ދަރިވަރުންނަށެވެ.

 

  • ޑިގްރީން ފެށިގެން މަތީދަރަޖަ ބައި: ޑިގްރީން ފެށިގެން މަތީދަރަޖަ ބައިން އިނާމު ދެވޭނީ މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ގަބޫލުކުރާ ރާއްޖޭގެ ނުވަތަ ރާއްޖެއިންބޭރުގެ މަރުކަޒަކުން، ތަޢުލީމު ހާސިލުކޮށްކިޔެވި ދާއިރާއިން ޝަރަފުވެރި ވަނައެއް (1ވަނަަ 2ވަނަ އަދި 3ވަނަަ) ހާސިލުކޮށްފައިވާ ވެލިދޫގެ ފަރާތްތަކަށެވެ.

 

  • ޕީ އެޗް ޑީގެ ބައި: ޕީ އެޗް ޑީ ގެ ބައިން އިނާމުދެވޭނީ މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީގެ މިންގަޑުގެ ތެރެއިން އެ އޮތޯރިޓީ ޤަބޫލުކުރާ ރާއްޖޭގެ ނުވަތަ ރާއްޖޭއިން ބޭރުގެ މަރުކަޒަކުން، ތަޢުލީމު ހާސިލުކޮށް ކިޔެވި ދާއިރާއިން ޕީ އެޗްޑީ ހާސިލުކޮށްފައިވާ ވެލިދޫގެ ފަރާތްތައް.

 

  • ޙާފިޡުންގެ ބައި: ޙާފިޡުންގެ ބައިން އިނާމު ދެވޭނީ ޤުރުއާން ހިތުދަސްކޮށް ހާފިޡްކަމުގެ ސަނަދު ހާސިލުކޮށްފައިވާ ވެލިދޫގެ ފަރާތްތަކަށެވެ.

 

  • ކުޅިވަރުގެ ބައި: ކުޅިވަރުގެ ބައިން އިނާމު ދެވޭނީ ސްކޫލު މަދަރުސާ، ކްލަބް ޖަމުޢިއްޔާ ޖަމާޢަތްތައް، އަމިއްލަ ފަރާތްތަކުގެ ތެރެއިން ބައިނަލްއަޤުވާމީ ފެންވަރުގެ ކުޅިވަރު މުބާރާތަކުން 1ވަނަަ 2ވަނަ އަދި 3ވަނަަ ހޯދާފައިވާ ވެލިދޫގެ ފަރާތްތަކަށެވެ.
  1. މަތީދަރަޖައުގެ އެވޯޑަށް ނަން ހުށަހެޅުން
    • ޘާނަވީ ބައި
  • ރަށުގައި ޤާއިމު ކުރެވިފައިވާ ސްކޫލަކުން އިމްތިޙާނު ފުރިހަމަކޮށްފައިވާ ދަރިވަރެއްނަމަ އެވޯޑަށް އެދި އެ ސްކޫލަކުން ހުށަހެޅުން
  • ރަށުންބޭރުގައި ޤާއިމު ކުރެވިފައިވާ ސްކޫލަކުން އިމްތިޙާނު ފުރިހަމަކޮށްފައިވާ ވެލިދޫގެ ދަރިވަރުންނާ، އަމިއްލަގޮތުން އިމްތިޙާނުގައި ބައިވެރިވި ދަރިވަރެއްނަމަ، އިނާމަށް އެދި އެދަރިވަރަކު ނުވަތަ ބެލެނިވެރިއަކު ހުށަހަޅާފައިވުން.

 

  • މަތީ ޘާނަވީބައި
  • ރަށުގައި ޤާއިމުކުރެވިފައިވާ ސުކޫލަކުން އިމްތިޙާން ފުރިހަމަކޮށްފައިވާ ދަރިވަރެއްނަމަ އެވޯޑަށް އެދި އެ ސުކޫލަކުން ހުށަހެޅުން.
  • ރަށުންބޭރުގައި ޤާއިމު ކުރެވިފައިވާ ސުކޫލަކުން އިމްތިޙާނު ފުރިހަމަކޮށްފައިވާ ވެލިދޫގެ ދަރިވަރުންނާއި، އަމިއްލަގޮތުން އިމްތިޙާނުގައި ބައިވެރިވި ދަރިވަރެއްނަމަ އިނާމަށްއެދި އެދަރިވަރަކު ނުވަތަ ބެލެނިވެރިއަކު ހުށަހެޅުން.

 

  • ޑިގްރީން މަތީދަރަޖައިގެ ބައި
  • އެވޯޑަށް އެދި އަމިއްލަގޮތުން ހުށަހެޅުން
  • ހުށަހަޅާ ސަނަދު/ ސަނަދުތައް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީ އިން އެކްރެޑިޓް ކޮށްފައިވުން. (ކޮޕީ އެއްނަމަ އަސްލާ އެއްގޮތްކަމުގެ ތައްގަޑުޖަހާފައިވުން)
  • ޙާސިލުކޮށްފައިވާ ވަނަ އަންގައިދޭ އަސްލާއި އެއްގޮތްކަމުގެ ލިޔުންތައް ހުށަހަޅާފައިވުން.

 

  • ޙާފިޡުންގެ ބައިި
  • އިނާމަށް އެދި އަމިއްލަގޮތުން ހުށަހެޅުން
  • ހުށަހަޅާ ސަނަދު/ ސަނަދުތައް އަސްލާއި އެއްގޮތްކަމުގެ ތައްގަޑު ޖަހާފައިވުން (ކޮޕީއެއްނަމަ، އަސްލާއި އެއްގޮތްކަމަށް ތައްގަޑުޖަހާފައިވުން)
    • ކުޅިވަރުގެ ބައި
  • ވަނަ ހާސިލުކޮށްފައިވާ މުބާރާތަކީ ބައިނަލްއަޤުވާމީ މުބާރާތެއް ކަމުގައިވުން
  • ވަކި ފަރުދެއްގެ ޙައިސިއްޔަތުން ހޯދާފައިވާ ވަނައެއްނަމަ، އިނާމަށްއެދި އަމިއްލައަށް ހުށަހެޅުން
  • ޓީމެއް، ކްލަބެް ޖަމުޢިއްޔާ ޖަމާޢަތް، ސްކޫލޫ މަދަރުސާއެއް ނުވަތަ އެނޫންވެސް ފަރާތަކުން ހޯދިވަނައެއްނަމަ، އެފަރާތަކުން އިނާމަށް ހުށަހެޅުން
  • ހޯދަވާފައިވާ ވަނަ އެގޭނޭ ސައްޙަ ލިޔުމެއް ހުށަހެޅުން.
  1. ހިތްވަރު ދިނުމުގެ އެވޯޑް

ހިތްވަރުދިނުމުގެ އެވޯޑް ދެވޭނީ ރަށަށް ފާހަގަކުރެވޭފަދަ އަގުހުރި ޚިދުމަތެއް އެކަށީގެންވާ މުއްދަތަކަށް ކޮށްދެއްވާފައިވާ

ނުވަތަ ކޮށްދެއްވަމުން ގެންދަވާ ވެލިދޫގެ ފަރާތްތަކަށެވެ. ހިތްވަރުދިނުމުގެ އެވޯޑް ލިބޭނީ ތިރީގައިވާ ދާއިރާތަކުން،

އިވަލުއޭޝަން ކޮމިޓީން ކަނޑައަޅާ މާކިންގ ކަރައިޓީރިއާއިން ޝަރުތުފުރިހަމަވާ %75 އިން މަތިން ޕޮއިންޓް ހޯދާފައިވާ

ފަރާތްތަކަށެވެ.

 

  • ހިތްވަރުދިނުމުގެ އެވޯޑަށް ކުރިމަތިލެވޭ ދާއިރާތައް
  • ދީނީ ހޭލުންތެރިކަން އިތުރުކުރުމާއި، ދީނީ ޢިލްމު އުގަންނައިދިނުމުގެ ދާއިރާ
  • ދިވެހިބަހާއި އަދަބިއްޔަތު، އަދި ތާރީޚާއި ސަޤާފަތުގެ ދާއިރާ
  • ތަޢުލީމީ ދާއިރާ
  • ސިއްޙީ އަދި ދިވެހި ބޭސްވެރިކަމުގެ ދާއިރާ
  • މަސްވެރިކަމުގެ ދާއިރާ
  • ދަނޑުވެރިކަމުގެ ދާއިރާ
  • ފަތުރުވެރިކަމުގެ ދާއިރާ
  • ތިމާވެށީގެ ދާއިރާ
  • އުފެއްދުންތެރިކަމުގެ ދާއިރާ
  • ކުޅިވަރުގެ ދާއިރާ
  • ވިޔަފާރިއާއި އިޤްތިޞާދުގެ ދާއިރާ
  • މަސައްކަތްތެރިކަމުގެ ދާއިރާ

 

  • ހިތްވަރު ދިނުމުގެ އެވޯޑަށް ނަން ހުށަހެޅުން
  • ވެލިދޫއަށް މަދުވެގެން 1 އަހަރު ޚިދުމަތްކޮށްދީފައިވާ ނުވަތަ ކުރަމުންދާ ވެލިދޫގެ ރައްޔިތަކަށްވުން
  • އިނާމަށް އެދި ހުށަހަޅާ ދާއިރާއިން ޤައުމީ، އަތޮޅު، ރަށުފެންވަރުގައި ފާހަގަކުރެވޭފަދަ ޚިދުމަތެއް ކޮށްދީފައިވާ ފަރާތަކަށްވުން.
  • މިނިސްޓްރީ އޮފް ހޯމްއެފެއާޒްގައި ރަޖިސްޓަރ ކޮށްގެން ހިންގާތާ މަދުވެގެން 1 އަހަރުވެފައިވާ ވެލިދޫގެ ކްލަބް ޖަމްއިއްޔާ ޖަމައަތަކަށްވުން. (ޖަމާއަތްތަކުގެތެރޭގައި ރަޖިްސްޓްރީކޮށްގެން ހިންގާ ބޭންޑް ތަކާއި އެކަޑަމީތައް ހިމެނެއެވެ.)
    • ހިތްވަރު ދިނުމުގެ އެވޯޑް ހައްޤުވާ ފަރާތްތައް ކަނޑައަޅާނެ މިންގަޑުތައް
  • އަމިއްލަގޮތުން ނުވަތަ ކްލަބް ޖަމުޢިއްޔާ ޖަމާޢަތްތައް، ނުވަތަ ކުންފުންޏަކުން އެވޯޑަށް އެދި ހުށަހަޅާ ފަރާތަކަށްވުން
  • ސަރުކާރުގެ އިދާރާއަކުން ނުވަތަ މިނިވަން މުއައްސަސާ، ސަރުކާރު ނުވަތަ ސަރުކާރު ޙިއްސާވާ ކުންފުންޏަކުން އިނާމަށްއެދި ހުށަހަޅާފައިވާ ފަރާތަކަށް ވުން
  • ޤައުމީ، އަތޮޅު، ރަށުފެންވަރުގައި ތަރައްޤީއަށް މަސައްކަތް ކޮށްފައިވާ މިންވަރާއި، މަސައްކަތްކޮށްދީފައިވާ ގޮތް.
  • އިނާމަށް އެދި ހުށަހަޅާ ދާއިރާގައި މަސައްކަތް ނުވަތަ ޚިދުމަތް ކޮށްދެއްވާފައިވާ މިންވަރު.
  • އިނާމަށް ހުށަހެޅިދާއިރާއިން މުޖުތަމަޢުއަށް ފައިދާހުރި ގޮތެއްގައި މަސައްކަތެއް ނުވަތަ ޚިދުމަތެއް ކޮށްދީފައިވުން.
  • ލިބިފައިވާ ޢިލްމެއް ނުވަތަ ފަންނީ ހުނަރެއް މުޖުތަމަޢަށް ބޭނުންތެރިގޮތެއްގައި ހިފާފައިވުމާއި، އެހެންމީހުންނަށް އުގަންނައިދީފައިވުން.
  • އާއީޖާދުތަކާއި ދިރާސާތަކުން ހޯދައިދީފައިވާ ކާމިޔާބީތައް.
  • ހިލޭސާބަހަށް ކޮށްދެއްވާފައިވާ މަސައްކަތް.
  • މަސްވެރިކަމުގެ ދާއިރާއިން ޒުވާންކެޔޮޅު، އަދި ޒުވާން މަސްވެރިޔާ ހޮވާއިރު ހޭދަކޮށްފައިވާ މުއްދަތާއި، ޚިދުމަތުގައި އުޅޭކަން އަންގައިދޭ އޮޑިވެރިފަރާތުގެ ލިޔުން ހުށަހެޅުން.
  • ދަނޑުވެރިކަމުގެ ދާއިރާއިން ހީވާގި ދަނޑުވެރިޔާ ހޮވާއިރު، ކޮށްފައިވާ މަސައްކަތާއި، ކުރަމުންދާ މަސައްކަތާއި، ހޭދަކޮށްފައިވާ މުއްދަތާއި، ކޮށްފައިވާ އިންވެސްޓްމަންޓަށް ބެލުން.
  • ވިޔަފާރިއާއި އިޤްތިޞާދުގެ ދާއިރާއިން ކޮށްފައިވާ މަސައްކަތާއި، ކުރަމުންދާ މަސައްކަތާއި، ހޭދަކޮށްފައިވާ މުއްދަތާއި، އިޖްތިމާޢީގޮތުން ކޮށްދީފައިވާ މަސައްކަތާއި، ކޮށްފައިވާ އިންވެސްޓްމަންޓަށް ބެލުން.
  • މަސައްކަތްތެރިކަމުގެ ދާއިރާއިން 2 ޖިންސަށް ފުރުޞަތު ހުޅުވާލުން. އަދި ކުރަމުންދާ މަސައްކަތާއި، ހޭދަކޮށްފައިވާ ޚަރަދާއި، ހޭދަކުރި މުއްދަތާއި، ކޮށްފައިވާ އިންވެސްޓްމަންޓަށް ބެލުން.
  • އިނާމަށް އެދި ހުށަހަޅާދާއިރާއިން މުޖުތަމަޢަށް ފައިދާހުރި ގޮތެއްގައި މަސައްކަތްތަކެއް ނވަތަ ޚިދުމަތްތަކެއް ކޮށްދީފައިވާކަން ބަޔާންކުރުމަށް ހުށަހަޅާ ކިތާބީ ހެކި ނުވަތަ މަޢުލޫމާތު ޞައްޙަކަން ކަށަވަރު ކުރުމަށް ގުޅުންހުރި މުއައްސަސާއެއްގެ ތައްގަޑުޖެހި ރަސްމީ ލިޔުން ހުށަހެޅުން.
  1. ޚާއްސަ ހިދުމަތުގެ އެވޯޑް

ޚަާއްޞަ ޚިދުމަތުގެ އެވޯޑް ދެވޭނީ ވެލިދޫގެ ކުރިއެރުމާއި ތަރައްޤީއަށް ރައްޔިތުންނަށް ޓަކައި ފާހަގަކުރެވޭފަދަ އެކަށީގެންވާ ޚިދުމަތެއް ނުވަތަ ޚިދުމަތްތަކެއް ނުވަތަ ފައިސާގެ އެކަށިގެންވާ އެހީތެރިކަން ފޯރުކޮށްދެއްވާފައިވާ ފަރާތްތަކަށެވެ.

 

  • ޚާއްސަ ޚިދުމަތުގެ އެވޯޑް ދިނުމުގެ ޝަރުތުތައް
  • ވެލިދޫގެ ކުރިއެރުމާއި ތަރައްޤީއަށް ރައްޔިތުންނަށްޓަކައި، ފާހަގަކުރެވޭފަދަ އެކަށީގެންވާ ޚިދުމަތެއް ނުވަތަ ޚިދުމަތްތަކެއް ނުވަތަ ފައިސާގެ އެހީތެރިކަން ފޯރުކޮށްދެއްވާފައިވާ ފަރާތަކަށްވުން.
  • ވެދެއްވި އެހީތެރިކަމުން ރަށާއި، ރައްޔިތުންނަށް ފައިދާކުރި މިންވަރު
  • މިމަޤާމަށް ހޮވޭ ފަރާތްތައް ކަނޑައަޅާނީ އިވެލުއޭޝަން ކޮމިޓީއިންނެވެ.
  1. ލައިފް ޓައިމް އެޗީވްމަންޓް އެވޯޑް

ލައިފްޓައިމް އެޗީވްމަންޓް އެވޯޑް ދެވޭނީ ރަށަށް އެންމެ ފާހަގަކުރެވޭ އެކަށީގެންވާ ޚިދުމަތްތަކެއް ދިގުމުއްދަތެއްގައި ކޮށްދެއްވާފައިވާ ފަރާތްތަކުގެ ތެރެއިން މިހާރު ދުނިޔޭގައި ތިއްބެވި ފަރާތްތަކަށް ބެލުމަށްފަހު، %75 މަތިން މާކްސް ލިބޭފަރާތްތަކަށެވެ.

  • ލައިފް ޓައިމް އެޗީވްމެންޓް އެވޯޑް ދިނުމުގެ ޝަރުތުތައް
  • ވެލިދޫގެ ކުރިއެރުމާއި ތަރައްޤީއަށް ރައްޔިތުންނަށްޓަކައި ފާހަގަކުރެވޭފަދަ އެކަށީގެންވާ ޚިދުމަތެއް ނުވަތަ ޚިދުމަތްތަކެއް ކޮށްދެއްވާފައިވާ ފަރާތްތަކަށްވުން.
  • ވެދެއްވި އެހީތެރިކަމުން ރަށާއ ރައްޔިތުންނަށް ފައިދާކުރި މިންވަރު.
  • މި މަޤާމަށް ހޮވޭ ފަރާތް ކަނޑައަޅާނީ އިވަލުއޭޝަން ކޮމިޓީންނެވެ.
  1. އެވޯޑަށް އެދޭ ފަރާތްތަކަަށް ފުރުޞަތު ހުޅުވާލުމަށްޓަކައި އިޢުލާންކުރުން
  • ކަނޑައަޅާފައިވާ އެވޯޑްތަކަށް ނަންހުށަހެޅުމަށް ދިވެހި ސަރުކާރުގެ ގެޒެޓްގައި ޝާއިޢުކޮށް ޢާއްމުކޮށް އިޢުލާންކުރުން.
  • ރަށުގެ ސްކޫލް މަދަރުސާތަކުން އިމްތިޙާނުތަކުގައިބައިވެރިވެ ވަނަހޯދާފައިވާ ދަރިވަރުންގެ މަޢުލޫމާތު ހޯދުމަށް، ވެލިދޫގައި ޤާއިމުކުރެވިފައިވާ ހުރިހާ ސްކޫލް، މަދަރުސާތަކަށް ރަސްމީކޮށް ސިޓީފޮނުވުން.
  • ރަށުންބޭރުގައި ތަޢުލީމްޙާޞިލުކޮށް އިމްތިޙާނުތަކުގައި ބައިވެރިވެ، ވަނަހޯދާފައިވާ ރަށުގެ ދަރިވަރުންގެ މަޢުލޫމާތު ހޯދުމަށް މިނިސްޓްރީއޮފް އެޑިއުކޭޝަންއަށް ރަސްމީކޮށް ސިޓީ ފޮނުވުން.
  • ކަނޑައެޅިފައިވާ މިންގަޑުގެ ދަށުން ހުޅުވާލެވޭ ފުރުސަތުގައި ޝަރުތުހަމަވާ ފަރާތްތަކުން އިނާމަށްއެދި ހުށަނާޅާނަމަ، ގެއްލޭ ހައްޤުގެ ޒިންމާ ނަގަންޖެހޭނީ އެފަރާތަކުންނެވެ.

 

  1. އެވޯޑް ދިނުމުގެ އިންތިޒާމް ހަމަޖެއްސުން
  • އެވޯޑް ދިނުމުގެ ކަންކަން ވިލަރެސްކޮށް ހިންގުމަށް އިންތިޒާމް ކޮމިޓީއަކާއި، ފަންޑް ކޮމިޓީއަކާއި، ޓެކްނިކަލް ކޮމިޓީއަކާއި، އިވެލުއޭޝަން ކޮމިޓީގެ އިތުރުން އިދާރީ ކޮމިޓީއެއް އެކުލަވާލަންވާނެއެވެ. މިކޮމިޓީތައް އެކުލަވާލެވޭނީ އަންނަނިވި ގޮތްތަކުގެ މަތިންނެވެ.
    • އިންތިޒާމް ކޮމިޓީ
  • އިންތިޒާމްކޮމިޓީ އެކުލަވާލެވޭނީ ކައުންސިލްގެ 5 މެންބަރުންނާއި ކައުންސިލްއިން ކަނޑައަޅާ އިދާރީ 4 މުވައްޒަފުންގެ މައްޗަށެވެ.
    • އިދާރީ ކޮމިޓީ
  • އިދާރީ ކޮމީޓީގައި ހިމެނޭނީ ކައުންސިލް އިދާރާއިން އެކުލަވާލާ 7 އިދާރީ މުވައްޒަފުންގެ މައްޗަށެވެ.
    • ފަންޑް ރެއިޒިން ކޮމިޓީ
  • ފަންޑްރައިޒިން ކޮމިޓީ އެކުލަވާލެވޭނީ ކައުންސިލްގެ 3 މެމްބަރުންނާއި އިދާރީ 2 މުވައްޒަފުންގެ މައްޗަށެވެ.
    • އެވޯޑް އިވަލުއޭޝަން ކޮމިޓީ
  • އެވޯޑް އިވަލުއޭޝަން ކޮމިޓީ އެކުލަވާލެވިގެންވަނީ ކައުންސިލުން ކަނޑައަޅާ 3 މެމްބަރުންނާއި އިދާރީ 2 މުވައްޒަފުންގެ މައްޗަށެވެ.
    • ޓެކްނިކަލް ކޮމިޓީ
  • ޓެކްނިކަލް ކޮމިޓީ އެކުލަވާލެވިގެންވަނީ ކައުންސިލްގެ 1 މެމްބަރަކާއި، ކައުންސިލްގެ އައިޓީގެ މަސައްކަތަށް އަހުލުވެރި 2 މުވައްޒަފުންނާއި، އައިޓީ މަސައްކަތަށް އަހުލުވެރި އިދާރާއިންބޭރު 1 މެމްބަރެއްގެ މައްޗަށެވެ.
  1. އެހެނިހެން
  • ކޮމިޓީތަކުގެ ޗެއާރ އަދި ކޯޗެއާރ ހޮވާނީ ކޮމިޓީގެ މެމްބަރުންގެ މެދުގައި ނެގޭ ޢާއްމު ވޯޓަކުންނެވެ. ވެލިދޫ އެވޯޑް ޙަފްލާގެ އެންމެހައި އިންތިޒާމުތައް ހަމަޖައްސާނީ ކައުންސިލުން ކަނޑައަޅާ ގޮތެއްގެ މަތިން ކައުންސިލްގެ ރައީސްއެވެ. އަދި ވަޒަން ކުރުމަށް ބޭނުންކުރާ ފޯމްތައް ތައްޔާރުކުރާނީ ވެލިދޫ އެވޯޑް އިވެންޓްގެ އިދާރީ ކޮމިޓީންނެވެ.
  1. މިންގަޑުގައި ނުހިމެނޭ ކަމެއް ދިމާވުން

މިމިންގަޑުގައިި ނުހިމެނޭ ކަމެއް ދިމާވެއްޖެނަމަ އެކަމެއްނިންމާނީ ކައުންސިލާއި އެވޯޑް ކޮމިޓީ ގެމަޝްވަރާގެ މަތިން ކޮމިޓީގެ މުޤައްރިރެވެ.

ތަޢުޒިޔާގެ ދަފްތަރު ހުޅުވާލުން

ވެލިދޫގެ ރައްޔިތުންނަށް ތަޢުލީމީ ގޮތުން އެތައް ޚިދުމަތްތަކެއް ކޮށްދެއްވާފައިވާ، ނ.ވެލިދޫ / އެވަރބްލޫ އަލްފާޟިލް ޢަބްދުލްލަޠީފް ޢަލީ އަޙްމަދު (އެދުރުބެ) އަވަހާރަވުމާގުޅިގެން ތަޢުޒިޔާގ ދަފްތަރެއް 16 މާރޗް 2023 އިން 21 މާރޗް 2023 އަށް ރަސްމީ ބަންދުނޫން ކޮންމެދުވަހަކު ހެނދުނު 8:00 އިން މެންދުރު 14:00 އަށް މިލަދުންމަޑުލުދެކުނުބުރީ ވެލިދޫ ކައުންސިލްގެ އިދާރާގައި ޢާންމުކޮން ހުޅުވާލެވިފައިވާ ވާހަކަ މައުލޫމާތަށްޓަކައި ދެންނެވީމެވެ.

މިސްކިތްތަކުގައި ޕްލާސްޓިކްފުޅި ބޭނުންކުރުން ހުއްޓާލުން

މިސްކިތްތަކުގައި ޕްލާސްޓިކް ފުޅި ބޭނުންކުރުން ހުއްޓާލުން.

                  އިސްރާފު މަދުކޮށް، އެއްފަހަރު ބޭނުންކޮށް އުކާލެވޭ ޕްލާސްޓިކް މަދުކުރުމަށްޓަކައި 1444 ވަނަ އަހަރުގެ ރަމަޟާން މަހުގެ 1 ވަނަ ދުވަހުން ފެށިގެން މިރަށުގެ މިސްކިތްތަކަށް ޕްލާސްޓިކް ފުޅި ވެއްދުމަކީ މަނާކަމެކެވެ. މިގޮތުން މިރަށުގެ ހުރިހާ މިސްކިތެއްގައިވެސް މިނެރަލް ފެން ލިބޭނެ އިންތިޒާމް ހަމަޖައްސާ ފެން ކޫލަރު ބެހެއްޓިފައިވާތީ މިސްކިތުގައި ހޭދަކުރައްވާ ވަގުތުތަކުގައި ފެން ބޭނުންކުރުމަށް ބޭނުންވެލަށްވާނަމަ ފެން ރިފިލްކޮށްގެން ބޭނުންކުރެއްވުމަށްޓަކައި ބިއްލޫރި ނުވަތަ އެލްމިނިއަމް ފުޅިއެއް ގެންދެވުން އެދެމެެވެ. އަދި މިސްކިތްތަކަށް ފެން ހަދިޔާ ކުރައްވަން ބޭނުންވެލައްވާ ފަރާތްތަކުން 5 ލީޓަރުގެ ފެންފުޅި ހަދިޔާކުރެއްވުން އެދެމެވެ.

އެއްފަހަރު ބޭނުންކޮށް  އެއްލާލެވޭ ޕްލާސްޓިކް މަދުކުރުމަށްޓަކައި އާންމު ދިރިއުޅުމުގައި އުޅުއްވާއިރުވެސް ބިއްލޫރި ނުވަތަ އެލްމިނިއަމް ފުޅި ރިފިލް ކޮށްގެން ފެންބުޔުމަށް ބޭނުންކުރުމުގެ އާދަ ގެންގުޅުއްވުމަށް އިލްތިމާސް ކުރަމެވެ.

މިއިދާރާއިން ދެމުންގެންދާ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ޚިދުމަތް ދިނުން ހުއްޓާލުން

     ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ޚިދުމަތްދޭ މައި އިދާރާއިން، ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު ހަދައިދިނުމުގެ ޚިދުމަތް ފުޅާކޮށް އަވަސްކަމާއެކު ރައްޔިތުންނާއި ވީހާގާތުން ފޯރުކޮށްދިނުމަށްޓަކައި ވަނީ އައު އޮންލައިން ޕޯރޓަލްއެއް ޤާއިމްކޮށްފައެވެ.

     ކާޑު ހައްދަން ހުށަހެޅުއްވުމަށް dnr.gov.mv އަށް ލޯގިންވުމަށްފަހު، އެޕްލިކޭޝަން ހުށަހެޅުއްވުމަށް އޭގައިވާ (އޮންލައިން ޕޯޓަލްއަށް ޒިޔާރަތް ކުރެއްވުމަށް ފިއްތާލައްވާ) ބަޓަންއަށް ފިއްތާލެއްވުމުން ޕޯޓަލްއަށް ވަދެވޭނެއެވެ.

މި ގެނެވުނު ބަދަލާއި ގުޅިގެން، މި އިދާރާއިން ދެމުންގެންދިޔަ ކާޑު ހަދައިދިނުމުގެ ޚިދުމަތްވަނީ ހުއްޓާލެވިފައެވެ. މީގެފަހުން މިއިދާރާއިން ފޯރުކޮށްދޭނެ ޚިދުމަތަކީ، ފިންގަރޕްރިންޓާއި ސޮއި ނަގަންޖެހޭ ހާލަތްތަކުގައި އެފަރާތެއްގެ ސޮޔާއި ފިންގަރޕްރިންޓް ނެގުމަށްފަހު ޑިޕާރޓްމަންޓް އޮފް ނޭޝަނަލް ރަޖިސްޓްރޭޝަންއަށް ފޮނުވުމެވެ. މީގެ އިތުރުން، އޮންލައިން ޕޯޓަލް މެދުވެރިކޮށް ކާޑު ހެއްދުމުގައި އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް މި އިދާރާއިން އެހީތެރިކަން ފޯރުކޮށްދެވޭނެ ވާހަކަ ދަންނަވަމެވެ.

     ކާޑު ހަދައިދިނުމުގެ އުޞޫލަށް މިއައި ބަދަލާއިއެކު ކާޑު ޙަވާލުކުރެވޭނީ، ބަނޑޭރި ޕޯޓަލްއިން ފައިސާ ދެއްކި ސްލިޕް ދެއްކުމުން ކާޑުގެ ވެރިފަރާތަށެވެ. ކާޑުގެ ވެރިފަރާތުން ކާޑު ނެގުމަށް މިއިދާރާ ކަނޑައަޅާފައިވާނަމަ، މިއިދާރާއަށް ކާޑު ލިބުމުން ކާޑުގެ ވެރިފަރާތަށް ކާޑު ނެގޭނެއެވެ.

12 މާރިޗު 2023

ބައުވެފައިވާ މުސްޙަފްތައް ނައްތާލުން

ބައުވެފައިހުރި މުސްޙަފްތައް ނައްތާލުމުގެ މަސައްކަތް މިކައުންސިލުން ކުރަމުން ގެންދާތީ މިރަށުގެ ގޭގޭގައި ބައުވެފައިހުރި މުސްޙަފް ހުރިނަމަ ރަސްމީގަޑީގައި ދުރުވެ މުސްޙަފްތައް ކައުންސިލާއި ޙަވާލުކޮށްދެއްވުން އެދެމެވެ. އަދި މުސްޙަފްތައް ކައުންސިލާއި ޙަވާލުކުރުމުގައި ދަތިތަކެއް ހުރިނަމަ މިކައުންސިލްގެ ހޮޓްލައިން 7897744 އަށް ގުޅުއްވައިގެން ކުރިއަށް ގެންދެވުމަށް ދެންނެވީމެެވެ.

20 ޝަޢުބާން 1444

12  މާރޗް  2023