shabeen.waheed

ނ.އަތޮޅަށް އަވައްޓެރި ފުލުހުންގެ ޙިދުމަތް ތައާރަފްކޮށް ޙިދުމަތް ފެއްޓުމަށްޓަކައި މަޝްވަރާ ބައްދަލްވުމެއް ބާއަވައިފި

ނ.އަތޮޅަށް އަވައްޓެރި ފުލުހުންގެ ޙިދުމަތް ތައާރަފްކޮށް ޙިދުމަތް ފެއްޓުމަށްޓަކައި، އެޙިދުމަތުގެ އިސްބޭފުޅުން ނ.ވެލިދޫ ކައުންސިލާއި ވެލިދޫ އަންހެނުން ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީއާއި ވެލިދޫގެ އެހެނިހެން މުއައްސަސާތަކާއި ކުލަބް ޖަމިއްޔާތަކުގެ އިސްވެރިންނާއި ބައްދަލުކުރައްވައިފި.

އޯޒޯން ދުވަހާއި ގުޅިގެން ކުރެހުމާއި، ފޮޓޯ ނެގުމުގެ މުބާރަތެއް

ދުނިޔޭގެ އޯޒޯން ދުވަހަކީ، އޯޒޯން ފަށަލައަށް ލިބެމުންދާ ގެއްލުމާއި، އޯޒޯން ފަށަލައަށް ގެއްލުންދޭ މާއްދާތަކާއި ގުޅޭގޮތުން ހޭލުންތެރިކަން އިތުރުކުރުމަށް ކޮންމެ އަހަރެއްގެވެސް ސެޕްޓެމްބަރު މަހުގެ 16 ވަނަ ދުވަހު ފާހަގަކުރަމުން އަންނަ ދުވަހެކެވެ. މިގޮތުން މިދިޔަ އަހަރުގެ އޯޒޯން ދުވަސް ފާހަގަކުރުމުގެ ގޮތުން ޔުނައިޓެޑް ނޭޝަންސް އެންވަޔަރަންމަންޓް ޕްރޮގްރާމް (ޔުނެޕް) އިން ކުރެހުމާއި، ފޮޓޯ ނެގުމުގެ މުބާރަތެއް ވަނީ ފަށާފައެވެ.   

15 އަހަރުން ދަށުގެ އުމުރުފުރާއަކަށާއި، 15 އަހަރުން މަތީގެ އުމުރުފުރާއަކަށް ބަހާލެވިގެން ބޭއްވޭ މިމުބާރާތުގައި ހިމެނޭ ކެޓަގަރީތަކަކީ ގްރެފިކް ޑިޒައިންއާއި، ކުރެހުމާއި، އަދި ފޮޓޯގްރަފީއެވެ.

މި މުބާރާތުގައި 15 އަހަރުން ދަށުގެ އުމުރުފުރާގެ ކޮންމެ ކެޓަގަރީއަކުން އެއްވަނަ އަށް ސެޓްފިކެޓްގެ އިތުރުން 1000 ރުފިޔާގެ އިނާމެއް ދިނުމަށް ހަމަޖެހިފައިވާއިރު، 15 އަހަރުން މަތީގެ އުމުރުފުރާގެ ކޮންމެ ކެޓަގަރީއަކުން އެއްވަނަ އަށް ސެޓްފިކެޓްގެ އިތުރުން 2500 ރުފިޔާގެ އިނާމެއް ދިނުމަށް ވަނީ ހަމަޖެހިފައެވެ. އަދި މީގެ އިތުރުން ދެއުމުރުފުރާގެ ކޮންމެ ކެޓަގަރީއަކުންވެސް ދެވަނަ އަދި ތިންވަނަ ހޮވާ އެފަރާތްތަކަށްވެސް ސެޓްފިކެޓް ދިނުމަށްވަނީ ހަމަޖެހިފައެވެ.

މިމުބާރަތުގެ އެއް ތީމް އަކީ “އޯޒޯން ފަށަލަ ރައްކާތެރިކުރުމަށާއި ދުނިޔޭގެ ފިނި ހޫނުމިނަށް އަންނަ  ބަދަލުތައް ކުޑަކުރުމަށް ހަދާފައިވާ މުޢާހަދާތައް ކަމަށްވާ ވިއެނާ ކޮންވެންޝަން އާއި މޮންޓްރިއަލް ޕްރޮޓޮކޯލް އަދި މޮންޓްރިއަލް ޕްރޮޓޮކޯލްއަށް ގެނެވުނު އިޞްލާހުކަމަށްވާ ކިގާލީ އެމެންޑްމެންޓްގެ ކާމިޔާބީތައް، ހަރަކާތްތައް އަދި ފައިދާތައް”  މިއެވެ. މިމުބާރާތުގެ ދެވަނަ ތީމް އަކީ އޯޒޯން ދުވަހުގެ ތީމް ކަމުގައިވާ ” މޮންޓްރިއަލް ޕްރޮޓޮކޯލް އަހަރުމެންނާއި، އަހަރުމެންގެ ކާބޯތަކެތި އަދި ވެކްސިން، ފިނިކަން މަތީ ދަމަހައްޓައިދިނުމުގައި” އެވެ.

މިމުބާރާތުގައި ބައިވެރިކުރަން ބޭނުންވާ އުފެއްދުންތައް ހުށަހަޅުއްވާނީ 31 މާރިޗު 2022 ގެ ކުރިން އޮންލައިންކޮށް www.ozone2climate.org މި ވެބްސައިޓް މެދުވެރިކޮށެވެ. މިމުބާރަތާއި ގުޅޭގޮތުން ސާފުކުރައްވަން ބޭނުންފުޅުވާ އިތުރު މަޢުލޫމާތުވެސް މިވެބްސައިޓް އިން ލިބެން ހުންނާނެއެވެ.

ވެލިދޫގެ ތަރައްޤީއާގުޅޭ ކަންކަމާ މަޝްވަރާކުރުމަށް މުއައްސަސާތަކާއި ބައްދަލުކުރައްވައިފި

ވެލިދޫގެ ތަރައްޤީއަށް މިހާރުން މިހާރަށް ކުރަންހުރި މުހިންމު މަސައްކަތްތަކާ ބެހޭގޮތުން ރަށުގެ މުއައްސަސާތަކާއިއެކު ކައުންސިލްގެ މާލަމުގައި 25 އޮގަސްޓް 2019ދުހަވު ބައްދަލުވުމެއް ވަނީ ބޭއްވިފައެވެ.

މިނިސްޓްރީ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިޔުނިޓީ އެމްޕަވަމެންޓް އާއި ކައުންސިލާ ބައްދަލުކުރައްވައިފި

މިނިސްޓްރީ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިޔުނިޓީ އެމްޕަވަމެންޓްއިން ވެލިދޫގެ ފުޓުބޯޅަދަނޑުގެ މަސައްކަތްތައް ކުރިއައް ގެންދިއުމައްޓަކައި ކައުންސިލާއި ބައްދަލުކޮއް ދަނޑު ބައްލަވާލައްވާ މަޝްވަރާތައް ކުރިއައްގެންދެވިފައިވެއެވެ.

9 ވަނަ ލާމަރުކަޒީ ދުވަސް ފާހަގަކުރުން

ލާމަރުކަޒީ ދުވަސް ފާހަގަކުރުމުގެގޮތުން އެކި ދުވަސްތަކައް ބަހާލައިގެން އެކިއެކި ހަރަކާތްތައް ހިންގިފައިވެއެވެ.
މިގޮތުން ދުވަހާގުޅޭ ސުވާލު މުބާރާތެއް މުވައްޒަފުންގެ މެދުގައި ހިންގިފައިވެއެވެ. އަދި ދުވަހާއިގުޅޭ މަޢުލޫމާތު ހިއްސާކުރުމުގެގޮތުން ރައްޔިތުންނަށް ލީފްލެޓް ބެހިފައިވެއެވެ.

ރައްޔިތުންނާއި ބައްދަލް ކުރުން – 2019

ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނުގެ (2010/7)ގެ 110 ވަނަ މާއްދާގެދަށުން ރައްޔިތުންނަށް އާއްމުކޮށް ހުޅުވާލައިގެން ވެލިދޫ ކައުންސިލުން 23 ފެބުރުވަރީ 2019 ގައި ބައްދަލުކުރެވިފައިވެއެވެ

ދިވެހިރައްޔިތެއްކަން އަންގައިދޭ ކާރޑްގެ ޚިދުމަތް މެދުކެނޑުމަށްފަހު އަލުން ފަށައިފި

ނ.އަތޮޅު ކައުންސިލުން ދެމުން އައި ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާރޑް ހެދުމުގެ މަސައްކަތް ދުވަސްތަކަކަށް މެދުކެނޑުމަށްފަހު އަނެއްކާވެސް އެޚިދުމަތް ދޭން ފަށައިފިއެވެ. ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާރޑް ހެދުމުގެ މަސައްކަތް މެދުކެނޑުނީ ހިދުމަތް ދެމުންއައި ސިސްޓަމަށް ދިމާވި މައްސަލައަކާއި ގުޅިގެންނެވެ.

ނަމަވެސް މިހާރު މުޅިންއާ ސިސްޓަމެއް ބެހެއްޓި ކުރިޔަށްވުރެ ހަލުވިކަމާއެކު ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާރޑް ހެދުމުގެ މަސައްކަތް ނ.އަތޮޅު ކައުންސިލުން ފޯރުކޮށްދެމުންދެއެވެ.

ޒިންމާދާރު ރައްޔިތުން ބިނާކުރުމުގެ ވޯކްޝޮޕް ނިންމާލައިފި

ނ.އަތޮޅު ކައުންސިލާއި، މިނިސްޓްރީއޮފް ހޯމްއެފެއާޒްއާއި ގުޅިގެން ދެދުވަހުގެ މުއްދަތަށް ނ.އަތޮޅުގައި ހިންގުނު ޒިންމާދާރު ރައްޔިތުން ބިނާކުރުމުގެ ވޯކްޝޮޕް ވަރަށް ކާމިޔާބުކަމާއެކު ނިންމާލައިފިއެވެ.

މިވޯކްޝޮޕަކީ އަތޮޅުގެ ހުރިހާ ރަށަކަށް ފުރުސަތު ހުޅުވާލެވިގެން ކުރިއަށް ގެންދެވުނު ވޯކްޝޮޕެކެވެ. ވޯކްޝޮޕްގައި އިސްލާމިކް މިނިސްޓްރީއާއި، އެޑިއުކޭޝަން މިނިސްޓްރީއާއި، ނޭޝަނަލް ޑްރަގް އެޖެންސީއާއި، ހޯމް މިނިސްޓްރީއާއި، ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) އާއި،މިނިސްޓްރީ އޮފް ޖެންޑާރ އެންޑް ފެމިލީ އާއި، މޯލްޑިވްސް ޕޮލިސް ސާވިސްއާއި، ޖުވެނައިލް ޖަސްޓިސް (ޖޭޖޭ) އިން ބައިވެރިވެލެއްވިއެވެ.

މިވޯކްޝޮޕްގައި އަތޮޅުގެ ރަށްރަށުގެ ކައުންސިލަރުންނާއި، އަންހެނުން ކޮމެޓީތަކުގެ މެމްބަރުންނާއި، ކުލަބު ޖަމްޢިއްޔާތަކުން ޖުމްލަ 44 މީހުން ބައިވެރިވެފައިވެއެވެ. ބައްދަލްވުން ބާއްވާފައިވަނީ 06 އެޕްރީލް 2018 އަދި 07 އެޕްރީލް 2018 މިދެދުވަހު މަނަދޫގައެވެ.