Iulaan

މަޒުމޫނު ލިޔުމުގެ 38ވަނަ ގައުމީ މުބާރާތް 2023 ، ޅެންހެދުމުގެ 26ވަނަ ގައުމީ މުބާރާތް 2023 އަދި ކުރުވާހަކަ ލިޔުމުގެ 35ވަނަ ގައުމީ މުބާރާތް 2023 ގައި ބައިވެރި ވުމުގެ ފުރުސަތު ހުޅުވާލުން

އިތުރު މައުލޫމާތު ؛
މަޒުމޫނު ލިޔުމުގެ މުބާރާތް : https://dhivehiacademy.edu.mv/20187
ކުރުވާހަކަ ލިޔުމުގެ މުބާރާތް : https://dhivehiacademy.edu.mv/20195
ޅެންހެދުމުގެ ލިޔުމުގެ މުބާރާތް : https://dhivehiacademy.edu.mv/20202

ހޯމްސްޓޭގެ ގޮތުގައި ޓޫރިސްޓް ގެސްޓްހައުސް ހިންގުމާއި ގުޅޭ
ހޯމްސްޓޭގެ ގޮތުގައި ޓޫރިސްޓް ގެސްޓްހައުސް ހިންގުމަށް ދެވޭ ހުއްދަ މިނިސްޓްރީ އޮފް ޓޫރިޒަމްއިން ވެލިދޫ ކައުންސިލަށް ދެއްވާފާވާތީ، ހޯމްސްޓޭގެ ގޮތުގައި ޓޫރިސްޓް ގެސްޓްހައުސް ރަޖިސްޓްރީ ކުރުމަށް އެދޭ ފަރާތްތަކަށް އެފުރުސަތުހުޅުވާލެވިފައިވާ ވާ ވާހަކަ ދެންނެވީމެވެ.
“ހޯމް ސްޓޭގެ ގޮތުގައި ގެސްޓްހައުސް ހިންގުމުގެ ހުއްދައަށް އެދޭ ފޯމް” އަދި “ހޯމް ސްޓޭގެ ގޮތުގައި ގެސްޓްހައުސް ހިންގުމުގެ ހުއްދައަށް އެދޭ ކުށުގެ ރެކޯޑް ބަލާ ފޯމް” މިނިސްޓްރީ އޮފް ޓުއަރިޒަމްގެ ވެބްސައިޓް، ވެލިދޫ ކައުންސިލްގެ އިދާރާގެ ވެބްސައިޓް އަދި ކައުންސިލްގެ އިދާރާއިން ލިބެން ހުންނާނެ ވާހަކަ ދެންނެވީމެވެ.
ވީމާ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.
24 ޞަފަރު 1445ހ.
12 ސެޕްޓެމްބަރ 2023މ.

ވޭސްޓް އެންޑް ރިސޯސް މެނޭޖްމަންޓް ސެންޓަރަށް ކުނި އުކާލުމާއި ގުޅޭ
09 ޖުލައި 2023 ވަނަ ދުވަހުން ފެށިގެން ރަޖިސްޓްރީ ނުކޮށް ކުނި އުކާލުމުގެ ގޭޓް ފީ ނެގުމަށް ވަނީ ހަމަޖެހިފައެވެ. އެގޮތުން ގޭޓް ފީގެ ގޮތުގައި ނެގޭ އަގުތައް ތިރީގައި އެވަނީއެވެ.
ބާވަތް | ރޭޓް | |
1 | ބޮޑު ޕިކަޕް | 80.00 |
2 | ކުޑަ ޕިކަޕް | 50.00 |
3 | ރަށު ޕިކަޕް | 50.00 |
4 | ގާޑިޔާ | 50.00 |
5 | ބަރޯ | 30.00 |
ވޭސްޓް އެންޑް ރިސޯސް މެނޭޖްމަންޓް ސެންޓަރ ހުޅުވިފައި ހުންނާނެ ގަޑި ތަކަކީ ހުކުރު ފިޔަވައި ކޮންމެ ދުވަހެއްގެ 10:00 ން 12:00 ގެ ނިޔަލަށާއި،14:00 ން 17:00 ގެ ނިޔަލަށެވެ. ސެންޓަރ ބަންދު ވަގުތުތަކުގައި ކުނި އެޅުމަކީ މަނާ ކަމެެއް ކަމުގައި ދެންނެވީމެވެ.
ވީމާ، ދެންނެވިފައިވާ އުސޫލާ ޚިލާފަށް ވޭސްޓް އެންޑް ރިސޯސް މެނޭޖްމެންޓް ސެންޓަރަށް ކުނި އުކާލަމުން ދާނަމަ ޖޫރިމަނާ ކުރެވޭނެ ކަމުގައި ދެންނެވީމެވެ.










