ވެލިރަން އެވޯޑް 2023

“ވެލިރަން އެވޯޑް” އަކީ ވެލިދޫގެ ރައްޔިތުންނަށް ހާއްސަކޮށްގެން ވެލިދޫ ކައުންސިލުން އަލަށް ތައާރަފްކޮށްފައިވާ، ތަފާތު ދާއިރާތަކުން ދިގު މުއްދަތަކަށް ޝަރަފުވެރި ޚިދުމަތްތަކެއް ވެލިދޫ އަށް ކޮށްދެއްވާފައިވާ ފަރާތްތަކާއި، ތަފާތު ދާއިރާތަކުން ރަށަށް އަގުހުރި ޚިދުމަތްތަކެއް ކޮށްދެއްވާފައިވާ ފަރާތްތަކާއި، ރަށަށް އެންމެ ޚިދުމަތްތެރި ފަރާތްތަކާއި، ދުނިޔޭގެ ފެންވަރުގައާއި އަދި ޤައުމީ ފެންވަރުގައި ރަށަށް ރީތިނަމާއި ޝަރަފް ހޯދައިދީފައިވާ ފަރާތްތަކުގެ އަގުވަޒަންކޮށް ދިނުމަށް ހަމަޖެހިފައިވާ އެވޯޑެކެވެ.