ތާރީޙް
ނ.ވެލިދޫގެ ތާރީޚް / ވަނަވަރު
ރަށުގެ ވަނަވަރު
1 | ރަށުގެ ނަން | މިލަދުންމަޑުލުދެކުނުބުރީ ވެލިދޫ |
2 | ޕޯސްޓަލް ކޯޑް | 04130 |
3 | ރަށުގެ ބޮޑުމިން | 62.89 ހެކްޓަރ |
4 | މީހުން ދިރިއުޅޭ ސަރަޙައްދުގެ ބޮޑުމިން | 39.5 ހެކްޓަރ |
5 | އާބާދީ | 2656 |
18 އަހަރުންދަށް
18 އަހަރާއި 35 އަހަރާއި ދެމެދު 65 އަހަރުންމަތި |
732
987 126 |
|
6 | ގޭބީސީގެ އަދަދު | 420 |
7 | ރަށުގައި ހުރި ސަރުކާރުގެ މުއައްސަސާތަކުގެ އަދަދު | 6 (ވެލިދޫ ކައުންސިލްގެ އިދާރާ، ވެލިދޫ ސިއްޙީމަރުކަޒު، ނ.އަތޮޅު ތައުލީމީ މަރުކަޒު، ވެލިދޫ މެޖިސްޓްރޭޓް ކޯޓް، ވެލިދޫ ޒުވާނުންގެ މަރުކަޒު، ވެލިދޫ ޕޮލިސް ސްޓޭޝަން) |
ރަށުގައި ހުރި އެހެނިހެން ޚިދުމަތްދޭ ތަންތަނުގެ އަދަދު | 5 (ސެލްފް ސަރވިސް BMLއައުޓްލެޓް، ވެލިދޫ ފެނަކަ ވެލިދޫ ބްރާންޗް، ފެނަކަ ނ. ރީޖަނަލް އޮފީސް، ވެލިދޫ ޕޯސްޓް އޮފީސް، STO ބޭސްފިހާރަ) | |
8 | މިސްކިތްތަކުގެ އަދަދު | 4 |
9 | ކުނި ނައްތާލުމުގެ ނިޒާމް ހަމަޖެހިފައިވާ ގޮތް | ކުނި ކޮށްޓެއް އިމާރާތްކޮށް އެތަނަށް ކުނިޖަމާކުރެވޭ، . |
10 | ބަނދަރުގެ ހާލަތު | އެމް.ޓީ.ސީ.ސީން ޕްރޮޖެކްޓްގެ މަސައްކަތް ނިމި 24ޑިސެމްބަރ2017ގައި ރަސްމީކޮށް ހުޅުވިފައި. |
11 | ބަނދަރުގެ ބޮޑުމިން | 518 ފޫޓު ފުޅާ × 1000 ފޫޓް ދިގު |
12 | ޕްރީސްކޫލްގެ އަދަދު | ނ.އ.ތ.މގައި ޕްރީސުކޫލް ޤާއިމްކުރެވިފައި. |
13 | ޕްރީސްކޫލް ޓީޗަރުންގެ އަދަދު | 4 |
14 | ޕްރައިމަރީ، ސެކަންޑްރީ ފެންވަރަށް ކިޔަވައިދޭ ސްކޫލްގެ އަދަދު | 1 (ނ.އަތޮޅު ތަޢުލީމީ މަރުކަޒު) |
15 | ޕްރައިމަރީ، ސެކަންޑްރީ ފެންވަރަށް ކިޔަވައިދޭ ސްކޫލް ދަރިވަރުންގެ އަދަދު | 323 |
16 | ޕްރައިމަރީ، ސެކަންޑްރީ ފެންވަރަށް ކިޔަވައިދޭ ސްކޫލް ޓީޗަރުންގެ އަދަދު | 31 |
17 | ޕްރީސްކޫލްގައި ކިޔަވާ ކުދިންގެ ޢަދަދު | 79 |
18 | ޕްރައިމަރީ ހެލްތް ކެއަރ | ނ.ވެލިދޫ ޞިއްޚީ މަރުކަޒުގައި ހެލްތް ކެއަރ ޔުނިޓެއް ގާއިމްކުރެވިފައި. |
19 | ޕްރައިމަރީ ހެލްތް ކެއަރ ޔުނިޓްގައި މަސައްކަތްކުރައްވާ މުވައްޒަފުންގެ އަދަދު | 2 |
21 | ކުޅިވަރުކުޅޭ ދަނޑުތަކުގެ އަދަދު (ކައުންސިލްގެ ބެލުމުގެ ދަށުގައިވާ) | 1 |
22 | ރަށުގައި ހިންގާ ފިހާރައިގެ އަދަދު | 62 |
23 | ރަށުގައި ހިންގާ ސައިހޮޓާ ރެސްޓޯރެންޓް ފަދަ ތަންތަނުގެ އަދަދު | 5 |
24 | ރަށުގައި ހިންގާ ކުންފުނީގެ އަދަދު | 10 |
25 | މަގުތަކުގައި ދިއްލުމަށް ބޭނުންކުރާ ބައްތީގެ އަދަދު | 132 |
26 | ރަށުގައި ދުއްވުމަށް ރަޖިސްޓްރީ ކޮށްފައިވާ ކަނޑުގައިދުއްވާ އުޅަނދުފަހަރުގެ އަދަދު | 42 |
27 | ރަށުގައި ދުއްވުމަށް ރަޖިސްޓްރީ ކޮށްފައިވާ އެއްގަމުގައި އުޅަނދުފަހަރުގެ އަދަދު | 132 |
28 | ރަށުގައި އުފެދިފައިވާ ކުލަބް ޖަމުޢިއްޔާތަކުގެ އަދަދު | 14 |
ދިވެހިރާއްޖޭގެ އުތުރުން ދެކުނަށް ބައިކުރެވިފައިވާ 20 އަތޮޅުގެތެރެއިން އުތުރުން ފެށިގެން 4 ވަނަ އަތޮޅު މިލަދުންމަޑުލުދެކުނުބުރީގެ (ނ.އަތޮޅުގެ) މީހުން ދިރިއުޅޭ 13 ރަށުގެ ތެރެއިން އަތޮޅުގައި އޮންނަ އެންމެ އާބާދީ ބޮޑުރަށަކީ ވެލިދޫއެވެ. މިރަށުގެ ބިމުގެ ބޮޑުމިނަކީ 62.89 ހެކްޓަރެވެ. 2017ވަނަ އަހަރުގެ ޑިސެމްބަރގެ ނިޔަލަށް ވެލިދޫގެ ރަށްވެހީންގެގޮތުގައި 1289 އަންހެނުންނާއި 1367ފިރިހެނުން ޖުމްލަ 2656މީހުން ހިމެނިފައިވެއެވެ. މިރަށް އޮންނަނީ މިއަތޮޅުގެ ހުޅަނގު ދެކުނުގައި ބަރަވެލިކަނޑުގެ އުތުރުން އެކަނޑާއި ގުޅޭ ހިސާބުގައެވެ. ރާއްޖޭގެ ވެރިރަށް މާލެ އޮންނަނީ މިރަށާ 93 މޭލު ދުރުމިނުގައި އިރުދެކުނުގައެވެ. މިރަށުގައި އިރުން ހުޅަނގަށް 20 ފޫޓާ 25 ފޫޓު އަދި 30 ފޫޓްގެ ފުޅާ 9މަގު އޮވެއެވެ. ދުރުން މިރަށް ފެންނައިރު އެންމެ ފުރަތަމަ ފެންނަ ފާހަގައަކީ، ރަށުގެ މަލައިގެ އެންމެ އުސްކޮށް ހުންނަ ބިޔަ ނިކަގަހެވެ. މިގަސް ހުންނަނީ ގާތްގަނޑަކަށް ރަށުގެ މެދުގައެވެ. މިގަހުގެ އުމުރުން ގާތްގަނޑަކަށް 5 ގަރުނަށްވުރެ ގިނަދުވަސްވެދާނެކަމަށް ބައެއް މާހިރުން ލަފާކުރައްވައެވެ. މިގަހުގެ އުސްމިނުގައި 150 ފޫޓް ހުރެއެވެ. މިގަސް މިހާރުވަނީ ހިމާޔަތްކުރެވިފައެވެ.
ރަށުގައި ހުރި މުޢައްޞަސާތަކުގެ ތެރޭގައި ވެލިދޫ ކައުންސިލްއިދާރާއާއި، ވެލިދޫ މެޖިސްޓްރޭޓް ކޯޓުގެ އިތުރުން ނ.އަތޮޅު ތަޢުލީމީ މަރުކަޒާއި، ވެލިދޫ ޞިއްޚީމަރުކަޒާއި، ފެނަކަކޯޕަރޭޝަން ވެލިދޫ އިންޖީނުގެއާއި، ޕޯސްޓް އޮފީހަކާއި، ޕޮލިސްސްޓޭޝަނެއް ޤާއިމްކުރެވި ރައްޔިތުންނަށް ޚިދުމަތްދެމުންދެއެވެ.
ވެލިދޫ ކައުންސިލްގެ އިދާރާގެ (ކުރީގެ ވެލިދޫ އޮފީހުގެ) ބިންގާ އެޅުއްވައިދެއްވީ މީލާދީގޮތުން 23 ޖޫން 1993 ގައި ޑޮކްޓަރ މުޙައްމަދު ލަޠީފްއެވެ. އަދި 27 ޖޫން 1993 ގައި ޢިމާރާތުގެ މަސައްކަތް ނިމި (ކުރީގެ ވެލިދޫ އޮފީސް) މިހާރުގެ ވެލިދޫ ކައުންސިލްގެ އިދާރާ ހުޅުވާދެއްވީ އޭރުގެ ރައީސުލް ޖުމްހޫރިއްޔާ އަލްއުސްތާޛު މަޢުމޫން ޢަބްދުލް ޤައްޔޫމްއެވެ.
ނ.ވެލިދޫ މެޖިސްޓްރޭޓް ކޯޓުގެ ބިންގާއަޅުއްވައިދެއްވީ 09 ސެޕްޓެމްބަރ 1991 ގައި އޭރުގެ މިނިސްޓަރ އޮފް ޕަބްލިކް ވާކްސް އޮނަރަބަލް އަލްފާޟިލް ޢަބްދުﷲ ކަމާލުއްދީންއެވެ. އަދި 21 އޮކްޓޯބަރ 1992 ގައި ޢިމާރާތް ހުޅުއްވައިދެއްވީ އޭރުގެ މިނިސްޓަރ އޮފް އެޓޯލްސް އެޑްމިނިސްޓްރޭޝަން އޮނަރަބަލް އަލްފާޟިލް އިލްޔާސް އިބްރާހީމްއެވެ.
25 ސެޕްޓެމްބަރ 1979 ގައި ނ.އަތޮޅު ތަޢުލީމީ މަރުކަޒުގެ ބިންގާއެޅި 19 ފެބްރުއަރީ 1981 ގައި މަރުކަޒުވަނީ ހުޅުވިފައެވެ. ވެލިދޫ ޞިއްޚީ މަރުކަޒުގެ ބިންގާ އަޅުއްވައިދެއްވީ 11 ޖުލައި 1988ގައި އޭރުގެ ނ.އަތޮޅު ވެރިޔާ އަލްފާޟިލް މުޙައްމަދު ރަޝީދުއެވެ. އަދި ޢިމާރާތް ނިމި ހުޅުއްވައިދެއްވީ 19 ޖުލައި 1996 ގައި އޭރުގެ ނ.އަތޮޅު ވެރިޔާ އަލްފާޟިލް ޙަސަން ކަލޭފާނެވެ.
ފެނަކަ ކޯޕަރޭޝަން ވެލިދޫ އިންޖީނުގޭގެ ބިންގާ އަޅުއްވައިދެއްވީ 21 މާރޗް 1997 ވީ ހުކުރު ދުވަހުގެ ހެނދުނު 6:30 ގައި އޭރުގެ މިނިސްޓަރ އޮފް އެޓޯލްސް އެޑްމިނިސްޓްރޭޝަން އޮނަރަބަލް އަލްއުސްތާޛު ޢަބްދުﷲ ހަމީދެވެ. އަދި ހުޅުވިފައިވަނީ 23 ޖެނުއަރީ 2002 ވަނަ އަހަރުއެވެ.
ސްޕޯޓްސް އެރީނާ ޕްރޮޖެކްގެ ދަށުން ޓާފްދަނޑަކާއި، ބަށިކޯޓަކާއި، ނެޓްބޯޅަކޯޓަކާއި، ވޮލީކޯޓެއް އަދި ޒުވާނުންގެ މަރުކަޒެއް ޤާއިމްކުރެވި ބޭނުންކުރެވެމުން ދެއެވެ.
ބޭންކް އޮފް މޯލްޑިވްސްގެ ސެލްފް ސާރވިސް އައުޓްލެޓެއްވެސް ވަނީ 28 އޮކްޓޯބަރ 2016 ގައި ޤާއިމްކުރެވި ޚިދުމަތް ދެވެންފަށާފައެވެ.އައުޓްލެޓް ހުޅުވައި ދެއްވީ އޭރުގެ ކައުންސިލްގެ ރައީސް އަލްފާޟިލް ޢަލީ އަހްމީންއެވެ.
24 ޑިސެމްބަރ 2017ގައި ވެލިދޫ ބަނދަރުގެ ދެވަނަ ފިޔަވަހީގެ މަސައްކަތް ނިމި ރާއްޖޭގެ ރައީސުލް ޖުމްހޫރިއްޔާ އަބްދުﷲ ޔާމިން ވަނީ ރަސްމީކޮށް ހުޅުވައިދެއްވާފައެވެ.